މަޖިލިސް ހޫނުވުމުން ބޭނުން ކުރާ ބަސްތަކާހެދި ކަމަށް ބުނެ ޕީއެސްއެމްއިން މަޖިލިސް ލައިވް ކުރުން ހުއްޓާލަނީ

ރައްޔިތުންގެ މަޖިލިސް ޖަލްސާތައް ހޫނުވުމުން މެމްބަރުން ބޭނުން ކުރާ ބަސްތަކާހެދި ކަމަށް ބުނެ ޕީއެސްއެމްއިން މަޖިލިސް ލައިވް ކުރުން ވަގުތީ ގޮތުން ހުއްޓާލަން ނިންމައިފިއެވެ.
އޮންލައިން ނޫހަކަށް މަޢޫލޫމާތު ދެއްވަމުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު ވިދާޅުވީ މަޖިލިސް ވަގުތީ ގޮތުން ހުއްޓާލަން ނިންމާފައިވަނީ މަޖިލީހުގެ ބަހުސްތައް މާ ހޫނު ވުމުން ބޭނުންކުރާ ބަސްތަކާހެދި ކަމަށެވެ. އަދި މިގޮތަށް ނިންމާފައިވަނީ ގިނަބަޔަކާ މަޝްވަރާ ކުރުމަށް ފަހު ކަމަށް ހާލިދު ވިދާޅުވިއެވެ.
ހާލިދު ވިދާޅުވީ މުޅި ޖަލްސާ ލައިވް ކުރުމުގެ ބަދަލުގައި އެ ޖަލްސާތަކާ ބެހޭ ޕްރޮގްރާމެއް ގެނެސްދިނުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ.
ފަހަކަށް އައިސް މަޖިލިސް ޖަލްސާތައް ހޫނުވެ އެކި މެމްބަރުން ދަނީ އެކަކު އަނެކަކަށް ބަހުގެ ހޫނު ހަމަލާތައް ރައްދުކުރަމުންނެވެ. ދާދި ފަހުން މަޖިލީހުގެ ޖަލްސާއެއް ހޫނެވެ، ބައެއް މެމްބަރުންގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ވެސް ވަނީ ބޭރުކޮށްފައެވެ.






ކޮމެންޓް