ޚަބަރު ސިޔާސީ

ވެރިންނާ ދިމާލަށް ހިތުހުރި އެއްޗެއް ގޮވުމަކީ މޮޅުކަމެއް ނޫން:ޑރ. ޝަހީދު

އާމިނަތު ސަޒްރާ ، ދެން އޮންލައިން
Press conference by Ahmed Shaheed, Special Rapporteur on the situation of human rights in Iran.

ވެރިންނާ ދިމާލަށް ހިތުހުރި އެއްޗެއް ގޮވުމަކީ މޮޅުކަމެއް ނޫންކަމަށް އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ހާރިޖީ ވަޒީރު ޑރ. އަހްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

Ads by Allied

ޑރ. ޝަހީދު މިހެން ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް "ޗޯރު އިބުރޭ" ކިޔުމުން، އެކަމާ ކަންބޮޑުވުމަކީ، ޑިމޮކްރަސީގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށް ރައީީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

"ވެރިންނާ ދިމާލަށް ހިތުހުރި އެެއްޗެއް ގޮވުމަކީ މޮޅުކަމެއް ނޫން. ނަމަވެސް ވެރިން ހަވަރަށް ދިނުމާ، މަރަން ފިސްތޯލަ އާއި ކުލީ ސިފައިން ގެނައުމާ ދުރުހެލި ވެވިފަ މިވަނީ ހިތުހުރި އެއްޗެއް ގޮވުމުގެ ފުރުސަތު އޮންނާތީ ނޫންބާ؟ އަނގަ ބަންދު ކުރުމުން ރައްޔަތުންނާ އޮންނަގުޅުން ބަލިކަށިވޭ" ޑރ. ޝަހީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ކުރީގެ ރައީސުންނަށް ނިސްބަތް ކުރައްވައި، މީގެ ކުރިން، "ބާޣީ ވަޙީދު" "ގޮޅާބޯ" ފަދަ ނަންތައް ބޭނުން ކުރަމުން އައި ކަމަށެވެ. އަދި "ޗޯރު އިބުރޭ" ކިޔާ މައްސަލައިގައި ހަމައިން ނެއްޓޭވަރަށް ކަންބޮޑުވުމަކީ ޑިމޮކްރަސީގެ ރޫޙާއި ޚިލާފު ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!