ކަނޑުވިއްކުމާ ދެކޮޅު ޖަލްސާގައި “އިންޑިއާ އައުޓް”
ކަނޑުވިއްކުމާ ދެކޮޅު ކޯލިޝަނުން މިހާރު ބާއްވަމުން އަންނަ ޖަލްސާގައި “އިންޑިއާ އައުޓް” ބެނާއާއި ޓީޝާޓުގައި ބަޔަކު ހަރަކާތްތެރިވެއްޖެއެވެ.
އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖޭގައި ތިބި ކަމަށްބުނާ އިންޑިއާގެ އަސްކަރިއްޔާ ރާއްޖެއިން ބޭރުކުރުމަށް ޕީޕީއެމްއިން ހިންގާ ހަރަކާތެކެވެ. މި ހަރަކާތް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ވަނީ މަނާކޮށްފައެވެ. އެއާއެކު އިންޑިއާ އައުޓް ކެންޕެއިން ވަނީ މަޑުޖެހިފައެވެ.
ޖަލްސާ ފެށުމުގެ ކުރިން ޖަލްސާގެ ހޯސްޓްވަނީ މި ޖަލްސާގައި ވަކި ޤައުމަކާ ދެކޮޅު ޝުއޫރު ފާޅުނުކުރުމަށް ޕީޕީއެމް ލީޑަރޝިޕުން އެދޭ ކަމަށް ބުނެފައެވެ. ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ, މިރޭގެ ޖަލްސާއަކީ އިމުގެ މައްސަލައިގައި ބާއްވާ ޖަލްސާއަކަށްވުމެވެ.
ކަނޑުވިއްކާލުމާ ދެކޮޅު ކޯލިޝަންގައި ޕީޕިއެމްގެ އިތުރުން, އެމްއެންޕީ ރައީސް ނަޝީދުގެ ޑަ ޑިމޮކްރަޓްސް, އުމަރު ނަސީރު, ޑރ. މުނައްވަރު, އާޒިމާ ޝުކޫރު ހިމެނިވަޑައިގަންނަވައެވެ. ޖޭޕީން މި ޖަލްސާގައި ބައިވެރިނުވާން ނިންމި ނަމަވެސް, ޖަލްސާގައި ޖޭޕީގެ މަޖިލިސް މެންބަރު އަލީ ހުސެއިން ވާހަކަ ދައްކަން ވަނީ ހަމަޖެހިފައެވެ.
މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އުމަރު ނަސީރު ވެސް ވަނީ ކަނޑު ވިއްކާލުމުގައި އިންޑިއާގެ އަތެއްވާކަމަށް ތުހުމަތުކުރައްވާފައެވެ. މީގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމެއްގައި މިގޮތަށް އުމަރު ކުރެއްވި ތުހުމަތަކަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން އާޒިމް ވަނީ އެ ގޮތަށް ފެނި ވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ. ރައީސް ނަޝީދަކީ އިންޑިއާއާއެކު ގާތް ގުޅުމެއް އޮންނަ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.
އިންޑިއާ އައުޓު ދެމުމަކީ ދީނީ ކުށެއްތޯ ނޫނީ ގާނޫނީ ކުށެއްތޯ، ނޫނީ ގައުމީ ކުށެއްތޯ؟ ތިއިންޑިއާއެއްގެ ނޮހުރުއްޕާން ބޮޑުވެގެން ގޮހޭ މިގައުމު މި ހަލާކުވީ،