ޚަބަރު ސިޔާސީ

ޖަލްސާއަށް އިންޑިއާ އައުޓް ބެނާ ވެއްދީ ސަރުކާރުން ކަމަށް ތުހުމަތު ކޮށްފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

"ކަނޑު ވިއްކުމާ ދެކޮޅު" ޖަލްސާގައި، "އިންޑިއާ އައުޓް" ބެނާ ބޭނުން ކުރީ ސަރުކާރުން ރާވައިގެން ކަމަށް ތުހުމަތު ކޮށްފިއެވެ.

Ads by MWSC

ރޭގެ ޖަލްސާގައި ބަޔަކު ވަނީ، "އިންޑިއާ އައުޓް"ޖެހި ޓީޝާޓް ލައިގެން، އެހެން ލިޔެފައިވާ ބެނާއެއްވެސް ހިފައިގެން ހަރަކާތްތެރިވެފައެވެ.

ހުޅުމާލޭގެ ކައުންސިލަރު، އިބްރާހީމް ޝިޖާޢު ވިދާޅުވީ، "ކުދި ބައެއްގެ އަތަށް ބެނާ ދީފައި ފޮނުވީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، އަޒްމޫން އަޙްމަދު ކަމަށާއި، އެ ޢަމަލަކީ، ރޭގެ ޖަލްސާއަށް ހާޒިރުވި "ދަ ޑިމޮކްރެޓްސް"ގެ ލީޑަރޝިޕާ ދެކޮޅަށް ހިންގި ފިނޑި ޢަމަލެެއް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ކަމެއް ކޮލިޓީކޮށް ކުރަން ވެސް ނޭނގޭއިރު، ފޮޓޯ ނަގައިފައި ދުވެ ފިލީ ކަމަށެވެ.

އިދިކޮޅު ފަރާާތްތަކުން، ކުރިއަށް ގެންގޮސްފައިވާ، "އިންޑިއާ އައުޓް" ހަރަކާތަކީ ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާގެ އަސްކަރިއްޔާ ރާއްޖެއިން ބޭރުކުރުމަށް ހިންގަމުން ހަރަކާތެކެވެ. މި ހަރަކާތް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ވަނީ މަނާކޮށްފައެވެ. އެއާއެކު އިންޑިއާ އައުޓް ކެމްޕެއިން ވަނީ މަޑުޖެހިފައެވެ.

ރޭގެ ޖަލްސާ ފެށުމުގެ ކުރިން ޖަލްސާގެ ހޯސްޓްވަނީ މި ޖަލްސާގައި ވަކި ޤައުމަކާ ދެކޮޅަށް ޝުޢޫރު ފާޅުނުކުރުމަށް ޕީޕީއެމް ލީޑަރޝިޕުން އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ކަނޑުވިއްކާލުމާ ދެކޮޅު ކޯލިޝަންގައި ޕީޕިއެމްގެ އިތުރުން, އެމްއެންޕީ ރައީސް ނަޝީދުގެ "ޑަ ޑިމޮކްރަޓްސް" އުމަރު ނަސީރު, ޑރ. މުނައްވަރު, އާޒިމާ ޝުކޫރު ހިމެނިވަޑައިގަންނަވައެވެ.

ޖޭޕީން މި ޖަލްސާގައި ބައިވެރިނުވާން ނިންމި ނަމަވެސް, ޖަލްސާގައި ޖޭޕީގެ މަޖިލިސް މެންބަރު އަލީ ހުސެއިން ވާހަކަ ދެއްކެވިއެވެ.

Ads by HDC
  1. ބޯބީލް

    ދެން ކީއްވެތޯ ކަލޭމެން އެ ބެނާ އަތުނުލީ؟؟؟ ކަލޭމެންނަށް އެ ނުފެންނަނީތޯ؟؟ ޕޮލިހަށް ގުޅާ އެ މައްސަލަ ހުށަނޭޅީ ކީއްވެތޯ؟؟ ބޯގަޅި މޮޔަ ވާހަކަޔަށް ރައްޔިތުން ނުހެއްލޭނެ!! ކޮލިޓީކޮށް ކަލޭމެންނަށް ތިއޮތީ ކަމެއް ކުރެވިފަ!!

    • ޤާދިރު

      ލީޑަރޝިޕްގެ އެންމެން ކުރީސަފުތަކުގައި ތިއްބައި ވަގަށް ސިއްރުން އައިސް ކުއްލިއަކަށް ފޮތިގަނޑު ދަމާލާފައި ފޮޓޮއެއް ނެގުމަށް ފަހު އަވަހަށް ދުވެފިލީ. ބޯގޯސް ރޭގެ ޖަލްސާފެނި ވަރަށް ކަޑަވެއްޖެދޯ