“އިންޑިއާ އައުޓް” ހަރަކާތަށް ތާއީދު ނުކުރާކަމުގެ ޔަޤީންކަން ޑިމޮކްރެޓްސުން ދީފި
ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރިއްޔާއާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ރާވާ ހިންގަމުން އަންނަ “އިންޑިއާ އައުޓް” ހަރަކާތަށް ދަ ޑިމޮކްރެޓްސް ޕާޓީގެ ތާއީދު ނެތް ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.
ރޭ އިދިކޮޅުން އިސް ނަގައިގެން ކަނޑު ވިއްކުމާ ދެކޮޅަށްގެ ނަމުގައި ކުރިޔަށް ގެންދިޔަ ޖަލްސާގައި “އިންޑިއާ އައުޓް” ބެނާއަކާއެކު, ސްލޯގަންތަކާއެކު ޓީޝާޓުލައިގެން ޒުވާނުންތަކެއް ހަރަކާތްތެރިވިއެވެ. އެއާއެކު, ޖަލްސާގެ މަޤްޞަދާމެދު މީސްމީޑިއާގައި ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ. އަދި އިންޑިއާއެކު ގާތް ގުޅުމެއް އޮންނަ މަޖިލީހުގެ ރައީސް, ރައީސް ނަޝީދުގެ ޕާޓީން “އިންޑިއާ އައުޓް” ކެންޕޭނަށް ތާއީދު ކުރަން ފެށީތޯ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.
އެކަމާ ގުޅިގެން ދެންމެ އެ ޕާޓީން އިނގިރޭސި ބަހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ, “އިންޑިއާ އައުޓް” ހަރަކާތެއް, ރޭގެ ޖަލްސާގެ ތެރެއިން ކުރިޔަށް ގެންގޮސްފައިވަނީ ސީދާ ސަރުކާރުން ރާވައިގެން ކަމަށެވެ. އަދި އެކަންކޮށްފައިވަނީ ޖަލްސާގެ މަޤްޞަދު އޮޅުވާލަން ކަމަށް ޑިމޮކްރެޓްސްއިން ތުހުމަތު ކުރެއެވެ.
އެ ބަޔާނުގައި އިތުރަށް އެ ޕާޓީން ބުނެފައިވަނީ, އެކުވެރި ޤައުމުތަކާއެކު ގާތް ގުޅުމެއް އެ ޕާޓީން ބާއްވާނެ ކަމަށާއި އަދި ޚާއްސަކޮށް އަވައްޓެރި ޤައުމުތަކާއެކު ގާތް ގުޅުމެއް އެ ޕާޓީން އޮންނާނެ ކަމަށެވެ. އެކަމަށް ހުރަސް އެޅޭނެ ކަމެއް ނުކުރާނެ ކަމުގެ ޔަޤީންކަން ޕާޓީން އަރުވާ ކަމަށާއި, ޑިމޮކްރަސީ ރާއްޖޭގައި ކުރިއަރުވާ, ދިވެހިންގެ ލާބައަށް ބައިނަލްއަޤްވާމީ ގުޅުންތަކުގެ މުހިންމުކަން އެ ޕާޓީއަށް އެނގޭ ކަމަށް ވެސް ބަޔާނުގައިވެއެވެ.
އެ ބަޔާނުގައި ޑިމޮކްރެޓްސްއިން ސަރުކާރާ ދެކޮޅުވާ ބައެއް ކަންކަން ވެސް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ރާއްޖޭގެ ކަނޑުން ބައެއް އެހެން ޤައުމަކަށް ދީފައިވާ ކަމަށާއި, އެކަމާ ގުޅިގެން ކުރަން ޖެހުނު ހުރިހާ ކަމެއް, ގުޅެން ޖެހުނު ހުރިހާ ބަޔަކާއެކީ ކުރާނެ ކަމަށް އެ ބަޔާނުގައިވެއެވެ. އަދި މޮރިޝަސްގެ ބޮޑު ވަޒީރަށް, ރައީސް ޞާލިޙް ފޮނުވި ސިޓީ ހާމަކުރަން ވެސް އެ ބަޔާނުގައި ގޮވާލާފައިވެއެވެ.
ކަނޑު ވިއްކާލުމަކީ ވެސް ނަސީދުގެ ސަޕޯޓަރުނ ދެކޮޅުހަދާ ކަމެއްނޫން . އެއީ ވިއްކާލި ކަނޑު ގައީ އިންޑިޔާއިން ކަމުގަ ވފާތީ ދިވެހިގައުމަށް އިންޑިޔާސިފައިން އެރުވީވެސް މި ނަސީދުގެ ބައިގަންޑު މޮރިސަސް އަކީ ނަސީދަށް މެޑެލް ދީގެން އުޅޭ ތަނެއް . 2011 ގަ މޮރިސަސްއަށް ގޮސް މެޑެލް އަތުލާ ހަދާފަ އެބަހުރި ކަނޑު ވިއްކާމުމުގަ ވެސް އިސްރޯލެއް އުޅެނީ ނަސީދުގެ ކަމަށް ތުހުމަތުވޭ. ރައްޔިތުންގެ ގިނަބަޔަކު އެކަމާ ދެކޮޅުކަންއެގުމުން ސާލިހް ބޮލަށް ޖަހާފަ އެއުޅެނީ