ޚަބަރު ސިޔާސީ

އަޅުގަނޑުމެންގެ ރައީީސް ވައްކަމެއް ނުކުރައްވާނެ: ނިޒާރު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު، ވައްކަން ނުކުރައްވާނެ ކަމަށާއި، ރައްޔިތުންނަށް ހިޔާނާތްތެރިވެވަޑައިނުގަންނަވާނެ ކަމަށް އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

Ads by MWSC

އޭނާ މިފަދައިން ވިދާޅުވީ އައްޑޫގެ ތަރައްގީ ފާހަގަކުރުކުގެ ގޮތުން، ރޭ ހިތަދޫ ސިޓީ ސްކޮޔާގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަމުންނެވެ.

އައްޑޫގެ މޭޔަރު ނިޒާރު ވިދާޅުވީ ވާދަވެރި ފަރާތްތަކުން މަސައްކަތް ކުރަނީ ފިތުނަވެރި ވާހަކަތައް ދައްކައިގެން ޤައުމު ހަލަބޮލި ކުރަން ކަމަށެވެ. އަދި އެއްވެސް ހަޤީޤަތެއް ނެތް ވައްކަން މީހުންގެ ބޮލުގައި އަޅުވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު އެއްގޮތަކަށް ވެސް އަޅުގަނޑުގެ ތާއީދާއެކު ހުންނެވި ރައީސަކަށް ވީތީ ދައްކާ ވާހަކައެއް ނޫން. ވައްކަމެއް ނުކުރައްވާނެ، އަޅުގަނޑުމެންގެ ރައީސް ވައްކަމެއް ނުކުރައްވާނެ." ނިޒާރު ވިދާޅުވިއެވެ.

ނިޒާރު އިތުރަށް ވިދާޅުވީ، ވާދަވެރި ފަރާތްތަކުން ދައްކާ ފިތުނައިގެ ވާހަކަތަކުގައި ޖެހުމުގެ ބޭނުމެއް ނެތް ކަމަށެވެ.

އައްޑޫގެ ތަރައްޤީއަށް، މި ސަރުކާރުން ހަ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

  1. އަމިއްލަ

    އަމިއްލައައްް ތިވާހަކަދެއްކީމާާ އެންމެނައްް އެގިހާމަވަނީީ ބޮޑުވައްކަންތަކެއްކޮއްް އެކަމުންް ބައިއަޅާކަންް ތިމާމީހާގަމާރުވީމާާ އެހެންމީހުންް ގަމާރުންގޮތައްް ހީކުރުމަކީީ މޮޔައިންކުރާކަމެއްް ދެކޮމަންޑޫޫ ބިރިޖްކޮބައިތޯޯ ތިލަބުރިޖްކިހިނެއްތޯޯ ހުޅުމާލެއިންް ގޯތިބެހީތޯޯ ގޭދޮށުމަސްފެކްޓަރީީ އަޅަނީީ ކޮންގައުމެއްގައިތޯޯ ދުނިޔޭގެވެސްް އެންމެެ ދިރިއުޅެންޚަރަދުބޮޑުގައުމެއްގެެ ގޮތުގައިި ލޭބަލްކުރުމަކީީ ރައްޔިތުންބިކަކުރުންނޫންތޯޯ ދިވެހީންގެެ ހިއްސާއަކުންް ބޮޑުބަޔެއްް އަމިއްލަމުދަލެއްް ދޫކޮއްލާގޮތައްް ދޫކޮއްލުމަކީީ ދެންވައްކަންނޫންކޮންކަމެއްތޯ

  2. އެހެން ކަޅުދަބަސް.ފުރަފުރާގެން ގެންދާނީ ލޭބަލް ތަތްކުރާނީ ޔާމީނުގެ ނިތްކުރީގަ ޔާމީނުދެނެހުރިކަމަކަން ނުވިޔަސް އޭނާއަޒްމިމަަތިޖަހަނީ

  3. ރަސީދު ފޭދޫ

    ތިނިޒާރަކީ އައްޑޫގެ ރައްޔިތުން ބަލައިގަންނަ މީހެއްނޫން ހޮވިފައިހުރީ އޫލާ ޙިލާފައް އަސްލު ހޮވުނުކަމައްވަނީ ސޯބެ ސޯބެޔަކީ ކަމައްގާބިލު ވެރިޔެއް