ގޮނޑި ލިބުނީ ރައީީސް ނަޝީދުގެ މަސައްކަތުން، ދުރު ކުރަން އުޅެނީ ލަދު ޙަޔާާތް ކުޑަކަމުން: އިންތި
ރައްޔިތުންގެ މަޖިލީހުގެ ރައީީސް މުޙައްމަދު ނަޝީދު ދެއްވި ގޮނޑީގައި އިނދެ، އެމަނިކުފާނު މަޖިލީހުގެ ރިޔާސަތުން ދުރު ކުރަން މަސައްކަތް ކުރަނީ ލަދު ހަޔާތް ކުޑަ ކަމުން ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
ރައީީސް ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކި ކުރުމަށް އެމްޑީީޕީގެ ޕީީޖީން ފާސްކޮށް، އެ މައްސަލަ ހުށަހަޅަން 53 މެމްބަރުންގެ ސޮއިވެސް ވަނީ ހޯދައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އަގުތައް ކޮންޓްރޯލް ކުރުމަށް ސަރުކާރަށް ގޮވައިލައި، މަޑުއްވަރީ ދާއިރާގެ މެމްބަރު، އާދަމް ޝަރީފު އުމަރު ހުށަހެޅުއްވި މައްސަލައަށް ބަހުސް ކުރައްވަމުން، ރައީސް ނަޝީދާ އަރިސް އިންތި ވިދާޅުވި ގޮތުގައި، 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިނުގައި، އަމިއްލަ ދާއިރާއަށް މަސައްކަތް ނުކުރައްވައި، ރައީސް ނަޝީދު އުޅުއްވީ، އެހެން މެމްބަރުންނަށް ތާއީދު ހޯޯއްދަވަން ކަމަށެވެ. ނަމަވެސް، މިއަދު ފެނިގެންދަނީ، އެންމެން އައިސް، އެމަނިކުފާގެ ކަރުގައި ހިފަން އުޅޭ މަންޒަރު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މިއީ އެމްޑީީޕީ އުފައްދައިގެން، އެމްޑީޕީގެ އާންމު މެމްބަރުން، އުއްމީދު ކުރި ގޮތެއް ނޫން، އިއްޒަތްތެރި ރައީސް. މަ މަޖިލީހަށް ނިސްބަތވެވަޑައިގަންނަވާ ގިނަ މެމްބަރުން، މި މަޖިލީހަށް ވަޑައިގަތުމުގެ އަސްލަކަށް ވެވަޑައިގެން ބޭފުޅަކަށް، ހަމަ ގައިމުވެސް ވާނެ، ރައީސް މުޙައްމަދު ނަޝީދު."
ރައީސް ނަޝީދު މަޖިލިސް ރައީީސް ކަމުން ދުރު ކުރަން މަސައްކަތް ފެށީ، މަޖިލިސް ހިންގެވުމުގައި، ފަހަކަށް އައިސް އެމަނިކުފާނު ޢަމަލު ކުރައްވަމުން ގެންދަވާ ގޮތުގެ ސަބަބުން ކަމަށް އިއްޔެ އެމްޑީޕީގެ ޕީޖީ ގްރޫޕުން ބޭއްވި ނޫޫސްވެރިންގެ ބައްދަލުވުމެެއްގައި ބުނެފައިވެއެވެ.
އިންތިއަށް ގޮނޑި ލިބުނީ މޑޕ އިން. އެހެން ޕާޓީ އަކަށް ސޮއި ކުރީ ހަޔާތްކުޑަކަމުން.