އެމްޑީޕީގެ ރައީީސް މުޙައްމަދު ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުން "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ސޮއި ހަމަކޮށް، އިލެކްޝަންސް ކޮމިޝަން(އީސީ)އަށް ހުށަހެޅުމުން، އެ ފޯމުތައް ލިބުނީ ރައީސް އޮފީހަށް ކަމަށާއި، އެ ޕާޓީގެ މެމްބަރުންނަށް ބިރު ނުދެއްކޭނެ ކަމަށް، ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ އެއް މެމްބަރު، އީވާ ވިދާޅުވެއްޖެއެވެ.
ޑިމޮކްރެޓްސްއަށް ވަނުމަށް ސޮއި ކުރި މީހުންގެ ލިސްޓު ލީކުވެފައިވާ ކަމަށް ބުނާ މައްސަލައާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އީވާ ވިދާޅުވީ، ސަރުކާރުން ހުރަސް އަޅާވަރުން ސިޔާސީ ޕާޓީއެއްވެސް މިއަދު އުފެއްދެން ނެތް ކަމަށާއި، ޑިމޮކްރެޓްސް އުފެއްދުމަށް އީސީއަށް ފޯމުތައް ހުށަހެޅުމާއެކު، އެ ފޯމުތައް ލިބުނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރުގެ އަތްޕުޅަށް ކަމަށެވެ.
އީވާ އިތުރަށް ވިދާޅުވީ، ޑިމޮކްރެޓްްސްއަށް ވަންނަން ސޮއި ކުރާ މީހުންނަށް ބިރު ނުދެއްކޭނެ ކަމަށެވެ.
"އިއްޒަތްތެރި ރައީީސް، ހަނދާން ނައްތާލައިގެން މިއުޅެނީ، ދަ ޑިމޮކްރެޓްސް އުފައްދަން މަސައްކަތް މި ކުރާ، 3،600 މީހުންނަކީ ކޮންބައެއްތޯ؟ އެއީ އެމްޑީޕީގެ ތިބެފައި، "ޗޯރު އިބްރާހީމްގެ ވައްކަމުގެ ހާލި" ކަމަކު ނުދެއޭ ކިޔާފައި ނުކުތް، ދިވެހިރާއްޖޭގައި މިވަގުތު ތިބި، ހިތްވަރު ގަދަ ބަތަލުން އެއީ، އިއްޒަތްތެރި ރައީސް."
ރައީސް ނަޝީދާ ޢާއިލީ ގުޅުން އޮންނަ އީވާ އިތުރަށް ވިދާޅުވީ، ޑިމޮކްރެޓްސްއަށް ސޮއި ކުރި މީހުންނަށް ބިރު ދައްކައިގެން، އެ ސޮއިތައް އަނބުރާ ގެނެވޭނެ ގޮތެއް ނެތް ކަމަށެވެ.
ޑިމޮކްރެޓްސްއަށް ސޮއި ކުރާ މީހުންނަށް ބިރު ދައްކާ ކަމަށް ބުނެ، އެ ޕާޓީގެ މުއައްސިސް، ހެންވޭރު ހުޅަނގު ދައިރާގެ މެމްބަރު، ޙަސަން ލަޠީފު މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ ވަނީ ބޭރުކޮށްލައިފައެވެ.
އެއްޗޯރަށްޗޯރު،މިހާރުމިވާގޮތުން ޗޯރުންތައް އޮޅިއްޖެ.ކޮންމެމީހަކުވެސް ފެއަށްޖެހިލާފަ،އަނެކަކާދިމާލަށް ޗޯރު ދެންހުރިމީހާވެސް ދުރަށްޖެހިލާފަ ދެންތިބިމީހުންނަށްޗޯރު،ޗޯރީޗޯރީ ޗުޕްކޭޗުޕްކޭ..؟ވަރަށްތާހިރު ދިރިއުޅުމއް.