ޚަބަރު ސިޔާސީ

ރައީސް ޞާލިހު މޮރިޝަސްއަށް ފޮނުވި ސިޓީ ހޯދަން އިދިކޮޅުން ރައީސް އޮފީހަށް ހިނގައްޖެ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އިދިކޮޅު ކޯލިޝަނުގެ މެމްބަރުން--

ފޯޅަވައްސާއި ދިމާއިން އޮންނަ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ މައްސަލަ އިޓްލޮސްއިން ބަލަމުން ދަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީ ހޯދަން އިއިދކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ރައީސް އޮފީހަށް މިއަދު ހިނގައްޖެ އެވެ.

Ads by STELCO

އެ ކޯލިޝަނުން ބުނީ އިދިކޮޅު ޕާލަމެންޓަރީ ގްރޫޕުން މިމައްސަލައިގައި ރައީސް އޮފީހަށް ދިޔައީ މިއަދު މެންދުރު 11:30 ގައި ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިދިކޮޅުން ރައީސް އޮފީހަށް ދިޔައީ ރަސްމީ އެޕޮއިންޓްމެންޓެއް ހެދުމަކާއި ނުލަ އެވެ.

ރައްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދިވެހި ސަރުކާރުން ދޫކޮށްލިކަމަށްބުނެ އިދިކޮޅުން ބޮޑެތި ތުހުމަތުތަކެއް ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ގެންދަނީ ކުރަމުންނެވެ. އަދި އެފަދަ ގޮތަކަށް ބަންޑާރަ ނައިބު ލަފާދިންކަމަށް ބުނެ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއްވެސް މަޖިލީހަށް ވަނީ ވައްދައިފަ އެވެ.

މޮރިޝަސްއަށް ރައީސް ޞާލިހު ސިޓީއެއް ފޮނުވީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުހޯދަ އެވެ. އެހެންކަމުން މަޖިލީހުގެ 241 ކޮމިޓީންވެސް ވަނީ އެސިޓީ ހޯދަން ނިންމައިފަ އެވެ.

އިޓްލޮސްގެ ނިންމުމުގައި ރާއްޖޭގެ ބައެއްކަމަށް ގާނޫނު އަސާސީގައި ލިޔެފައި އޮތް ކަނޑުގެ ސަރަހައްދެއް މޮރިޝަސްއަށް ދޭން ނިންމުމުގައި ރައީސް ޞާލިހުގެ ސިޓީއަކަށް ވަނީ ހަވާލާ ދީފަ އެވެ. އެގޮތުން އެނިންމުމުގައި ބުނެފައި އޮތީ މައްސަލައިގެ ބޭނުމަށް ބްލެނެހެއިމް ރީފްގެ ދިރާސާތައް ކުރަން ހިނގި ހަރަދުގެ ގޮތުގައި މަދުވެގެން 460،000 ޔޫރޯ ރާއްޖޭން ދައްކަން އަމުރު ކޮށްދިނުމަށް އެދި މޮރިޝަސް އިން ހުށަހެޅި މައްސަލަ އަނބުރާ ގެންދިޔަ ވާހަކަ އެވެ.

މި ސިޓީ ހާމަ ކުރަން ސަރުކާރުން ދެކޮޅު ހަދަމުން ދާއިރު ރައީސް ޞާލިހު ވިދާޅުވީ އެ ސިޓީގައި ރާއްޖެއަށް ގެއްލުމެއް ލިބޭނެ ފަދަ އެއްވެސް ވާހަކައެއް ނޯންނާނެ ކަމަށެވެ. އެހެންނަމަވެސް ސަރުކާރާއި ދެކޮޅު ސިޔާސީ ޕާޓީތަކުން ދަނީ އެ ސިޓީ ރައްޔިތުންނަށް ފެންނާނެހެން ހާމަކުރަން ގޮވައިލަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!