ޚަބަރު ސިޔާސީ

އެމްޑީޕީ ކުނި ކުރި މީހުން، ޕާޓީން ބޭރުވެ، ސާފުވެއްޖެ: ޔައުޤޫބު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ ކުނި ކުރި މީހުން ޕާޓީން ބޭރުވެ، ޕާޓީ ސާފު ވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެމްޑީޕީން ވަކިވެ، އައު ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ، "ފިކުރެއްގެ ދިރުން" ހަރަކާތުގެ މެމްބަރުންނަށް ފާޑުވިދާޅުވެ، އެއީ "އެމްޑީޕީ ކުނި ކުރި މީހުން" ކަމަށް ޔައުޤޫބު ސިފަ ކުރެއްވީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކުނި މެނޭޖް ކުރުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީ ކުނިން ސާފުވެ، މި އަހަރުގެ ރިޔާސީ އިންތިޚާބުވެސް ކާމިޔާބު ކުރެވޭނެ ކަމަށެވެ. އަދި ރައީސް ނަޝީދަށް ތާއީދު ކުރައްވާ މަޖިލީހުގެ މެމްބަރުން، މީހުންއެމްޑީޕީ ދޫކުރެއްވީ، ވައްކަން ނުކުރެވިގެން ކަމަށްވެސް ވިދާޅުވިއެވެ.

އަދި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ސަރުކާރާމެދު ހިތްހަމަނުޖެހުނީ، މެޑިކަލް މާފިއާ ހިންގައި، ވައްކަން ކުރުމުގެ ފުރުސަތު ނުދިނުމުން ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

އަފީފަށް މި ތުހުމަތު ކުރެއްވުމުން، ނިޒާމީ މައްސަލައެއް ނަންގަވައި، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އެކަން ދޮގުކުރެއްވިއެވެ.

ޔައުޤޫބު އިތުރަށް ވިދާޅުވީ، މަޖިލީހުގެ ނައިބު ރައީސާ އީވާ، މި ސަރުކާރާމެދު ހިތްހަމަނުޖެހެނީ، ދީނަށް ފުރައްސާރަ ކޮށް ރިޕޯޓު ނެރުނު، އެމްޑީއެން އުވައިލި މައްސަލައިގައި ކަމަށެވެ.

 

 

Ads by HDC
  1. ގޮނޑީގައި ސޭލް ގޮޅީގައި ސޭލް :
    މިއަދު ދިވެހިރާއްޖޭގެ ސިޔާސީ މާރުކޭޓްގައި ސިޔާސީ މީހުން ސިޔާސީ ގޮޅިތަށް ބެހިފައިވަނީ 4 ކެޓަގަރީއަކަށް !
    1/ ޖީއެމްއާރު ޗޯރުން
    2/ އެމްއެމްޕީއާރުސީ ޗޯރުން
    3/ ވެންޓިލޭޓަރު ޗޯރުން
    4/ ފޯޅަވަހި ޗޯރުން
    މިއިން ކެޓަގަރީއެއްގައި ނުލައްވާ ސިޔާސީ މީހަކު މަދުވާނެ !