ޚަބަރު ސިޔާސީ

ޗާގޯސް މައްސަލައިގައި ފުރިހަމަ އިންކުއަރީއެއް ހަދަންޖެހޭ: އަސްލަމް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ޗާގޯސް މައްސަލައިގައި ފުރިހަމަ އިންކުއަރީއެއް ހަދަން ޖެހޭކަމަށާއި ކުރެވެމުންދާ ތުހުމަތުތަކުގެ ހަގީގަތަކީ ކޮބައިތޯ ބަލަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ރޭ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ 241 ކޮމިޓީން މިިމައްސަލަ ބަލައި ދިވެހި ރާއްޖޭގެ ސިޔާދަތީ ބާރުލިބިގެންވާ ސަރަހައްދަކީ ޤާނޫނު ބުނަނީ ކޮން ސަރަހައްދެއްތޯ ބަލަން ޖެހޭކަމަށެވެ.

"241 ކޮމެޓީން މުޅި މިމައްސަލަ ބަލައި، ކިހިނެއްތޯ ކޮން ހިސާބަކުންތޯ މިމައްސަލަ އޮތީ. ދިވެހި ރާއްޖޭގެ ސިޔާދަތީ ބާރުލިބިގެންވާ ސަރަހައްދަކީ ޤާނޫނު ބުނަނީ ކޮން ސަރަހައްދެއްތޯ. ސިޔާދަތީ ހައްގު ލިބިގެންވާ ސަރަހައްދަކީ ކޮބައިތޯ؟ ކިހިނެތްތޯ މިކަން މިވަނީ. ސިޔާދަތީ ހައްގު ލިބިގެންވާ ސަރަހައްދާ ގުޅޭގޮތުން ޑީލިމިޓް ކުރަން މިޖެހުނީ ކީއްވެތޯ؟ އިޓްލޮސްއަށް މިދިޔައީ ކޮންބައެއްތޯ؟ އިޓްލޮސްއަށް ދިއުމުގެ ޙައްޤު އޮންނަނީ ކިހާމުއްދަތަކަށްތޯ؟" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މިކަމުގައި އިހުމާލުވާ ބަޔަކު ތިބިނަމަ، އެއިހުމާލުވާ ބައެއްވެސް ހޯދަން ޖެހޭކަމަށް ޤަބޫލުކުރައްވާކަމަށެވެ.

"ވަރަށް ތަފްސީލްކޮށް އަޅުގަނޑުމެން ބަލަންޖެހޭ މިކަމުގައި އިހުމާލުވާ ބަޔަކު ތިބިނަމަ، އެއިހުމާލުވާ ބައެއްވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުން ބަލައި ހޯދަންޖެހޭ. މިކަމުގެ ހަގީގަތަށް ތަފްސީލްކޮށް ވާސިލް ވާންޖެހޭ ކަމަށް އަޅުގަނޑު ދެކެނީ." އަސްލަމް ވިދާޅުވިއެވެ.

އިމުގެ މައްސަލައިގައި ސަރުކާރަށް އިދިކޮޅުން ދަނީ ބޮޑެތި ފާޑުކިޔުންތަކެއް ކިޔައި ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. އެހެންނަމަވެސް ސަރުކާރުން ދަނީ އިމުގެ މައްސަލަ ނިމިގެން ދިޔައީ ދިވެހިންނަށް އެންމެ ރަނގަޅުގޮތައްކަމަށާއި އެއީ ދިވެހިންނަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ބުނަމުންނެވެ.

Ads by HDC
  1. އަބްދޫ

    ޗާގޯސް މައްސަލަޔަކީ ދިވެހިރާއްޖެ އިން އިންވަކިކުރަން ބުނަންޖެހޭ ތަނެއްނޫން ޗާގޯސްއަކީ މޮރިސަސްގެ ތަނެއްކަމަށް ގަބޫލު ކޮށް ވާހަކަ ދައްކަންޖެހޭ ތަނެއްނޫން. ޗާގޯސް އަކީ މިހާރު މީހުން ދިރިއުޅޭ ތަނެއްނުން ފަޅުތަނެއް އިގިރޭސި އިސްތިއުމާރުގަ އޮތްތަނެއް މޮރިސަސް އާއި 1500 ކިލޯމީޓަރު ދުރުގަ އޮތްތަނެއް . ރާއްޖެއާ 500 ކިލޯމީޓަރު ކައިރީގަ އޮތްތަނެއް..މިހާތަނަށް އެއްވެސް ގައުމަކަށް ނިސްބަތް ކުތެވިފަ ނެތަސް ރާއްޖޭ ކުރެހިފައިވާ ބައެއްޗާޓުގަ ހިމެނިފަިވާތަނެއް. ޕިރާޑުގެ ލިއުންތަކުންވެސް ރާއްޖޭގެރަސްކަމުގެ ބާރު ހިންގުމުގެ މަސައްކަތް ކުރެވިފަ ހުރިތަނެއް. ވީމާ މޮރިސަސްގެ ބަޔަކަށް ފޯޅުވެހި ވާންޖެހޭނެ އެއްވެސް ސަބަބެއްނެތް. ދިވަހިން ލަންކާގަ އިންޑިޔާގަ އިގިރޭސިވިލާތުގަ ކެނެޑާގަ އެމެރިކާގަ އޮސްޓްރޭލިޔާ ނިޔުޒީލެންޑްގަ ވެސް އެބައުޅޭ ރާއްޖޭގެ ބަޔަކަށް އެތަންވާންޖޭސަބަބެއްތަ؟ ފޯޅުވެއްސަށް މީހުންގެނައީ 18 ވަނަގަރުނު ފަރަންސޭސި މަސައްކަތު މީހުނަށް ދެކުނު އިންޑިޔާ އިންނާއި އެފްރިކާއިން . ފަރަންސޭސިން ވެރިވުމުގެ ކުރިން ދިވެހިން އެތާގަ ދިރިއުޅުނު ކަމުގަ ވެދާނެ. ވީއިރު ފޯޅުވެސަކީ މޮރިސަސްގެ ތަނެއްކަމަށް ވާންޖެހޭ ސަބަބެއް ކޮބާ ؟ މޮރިސަސްއަށް ވުރެ ކުރިން ގައުމެއްގެގޮތުގަ ދިވެހިރާއްޖެ އާއޞަދު ވެފާވޭ ރާއްޖެއަކީ މޮތިސަސްއަށް ވުރެ އެތައްހާސް އަހަރުއް ދޮށީގައުމެއް.