ޚަބަރު

ރައީސް ޞާލިޙް މޮރިޝަސް އަށް ފޮނުވި ސިޓީ ދޭން އެދިއްޖެ ނަމަ 241 ކޮމިޓީއަށް ދޭނަން: މިއުވާން

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީފުޅު މަޖިލީހުގެ 241 ކޮމިޓީން އެދިއްޖެ ނަމަ އެ ކޮމިޓީއަށް ދޭނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.

Ads by Hajj Corporation

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މިއުވާން މިއަދު ވިދާޅުވީ ރައީސް ޞާލިޙް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ 241 ކޮމެޓީން އެދިއްޖެ ނަމަ ކޮމެޓީއަށް ސިޓީ ހިއްސާ ކުރައްވާނެ ކަމަށެވެ. އަދި މިއީ ސިއްރިޔާތުގައި ހިނގާ ކަންކަން ނޫން ކަމަށާއި ރާއްޖެއިން ހުށަހެޅި ޑޮކިއުމަންޓްތައް ވެސް އިޓޮލޮސްގެ ވެބްސައިޓުގައި ފެންނަން ހުންނާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

ްމިއުވާން ވިދާޅުވީ ކުރެވިފައި ހުރި މަސައްކަތުގެ ކަންކަން ރައްޔިތުންނަށް އޮޅުން ފިލުވައިދިނުމަށް ބަންޑާރަ ނައިބުގެ އޮފީހުން ވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް މަސައްކަތްކުރަމުންދާ ކަމަށެވެ.

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ކަނޑުގެ ސަރަހައްދުން ފުށު އަރާ ސަރަހައްދުގެ އިން ވަކި ކުރުމުގެ މައްސަލައާ މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ފޮނުއްވި ސިޓީއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްޢަތު އިއްޔެ ވަނީ ވިދާޅުވެފައެވެ.

މި މައްސަލައިގައި ރިފްޢަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގައި މިހާރު ގެންދަނީ ކުރިއަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!