ޚަބަރު ސިޔާސީ

ރައީސް ޔާމީން ޖަލުގައި 900 ދުވަސް: އަބްދުއްރަހީމް ވިދާޅުވީ ނުހުއްޓުވޭނެ ކަމަށް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
Adhurey, Abdul Raheem, PNC, PPM
ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ -- ދެން އިމޭޖްސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލު ބަންދުގައި ހުންނަވާތާ 900 ދުވަސް ވެފައިވާ ކަމަށާއި ސަރުކާރަށް އެމަނިކުފާނު ނުހުއްޓުވޭނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

Ads by STELCO

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ރައީސް ޔާމީންގެ މައްޗަށް ފުރަތަމަ ކުރި ޖަލު ހުކުމުން ސަލާމަތްވެ އެމަނިކުފާނު މިނިވަންވެ ވަޑައިގެންނެވިތާ މާ ގިނަ ދުވަހެއް ނުވެ އަނެއްކާވެސް އެމަނިކުފާނުގެ މައްޗަށް ޖަލު ހުކުމެއް އިއްވަނީ ވަނީ ޖަލަށް ލައިފަ އެވެ. ފަހުން ޖަލު ބަންދަށް ގެންދިޔައިރު އެމަނިކުފާނަށް ވަނީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ޓިކެޓުވެސް އަރުވައިފަ އެވެ.

ރައީސް ޔާމީން ޖަލު ބަންދުގައި ހުންނަވާތާ މިއަދަށް 900 ދުވަސް ވެފައިވާއިރު މިދުވަހާއި ގުޅުވައި އަބްދުއްރަހީމް ވިދާޅުވީ މިއަދަކީ މި އަނިޔާވެރި ސަރުކާރުން ރައީސް ޔާމީނަށް ހަރާމް ހުކުމް ކޮށްގެން ޖަލުގައި ގެންގުޅޭތާ 900 ދުވަސްވީ ދުވަސް ކަމަށެވެ. އަދި ރައީސް ޔާމީނަށް މިސަރުކާރުން އަނިޔާކުރަމުން ގެންދަނީ މި ރާއްޖޭގައި ދީނީ މިނިވަންކަންދީ، ރާއްޖޭގެ މިނިވަންކަން ނަގައިލާ،ދައުލަތުގެ ޚަޒާނާ ދަވާލާ، ރާއްޖޭގެ ބިން ބިމާ ކަނޑު ވިއްކާ ހިންގަމުން ގެންދާ ޖަރީމާތަކުގެ ހަގީގަތް ރައީސް ޔާމީން ރައްޔިތުންނާ ހަމައަށް ތިލަކޮށް ދެއްވާ އެ ކަންކަމާ ދެކޮޅަށް ގައުމާ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވާނެކަން "ޗޯރު އިބޫ" އަށް ކަށަވަރުވާތީ އެކަން ހުއްޓުވަންކަމަށް ވިދާޅުވި އެވެ.

"އިންޝާاللہ! ރައީސް ޔާމީނެއް ނުހުއްޓުވޭނެ. މާތްاللہގެ ތަނަވަސް ރަޙުމަތްފުޅުން ރައީސް ޔާމީނުގެ އެބުރި ވަޑައިގަތުން އިހުނަށްވުރެ މާ ވަރުގަދަވާނެ" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީނަކީ ދިވެހިންގެ އުއްމީދު ކަމަށެވެ.

ޖަލު ބަންދުގައި ހުންނެވުމާއިއެކު ރައީސް ޔާމީނަށް އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝަރުތު ވަނީ ގެއްލިފަ އެވެ. އެހެންނަމަވެސް އިދިކޮޅުން އަދިވެސް ބުނަމުން ދަނީ އެމަނިކުފާނުގެ ނަންފުޅު ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ ކަމަށެވެ. އިންތިހާބަށް މިހާރު ބާކީ އޮތީ ތިން މަސް ދުވަހެވެ.

ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވޭނެ ހާލަތަކީ އިސްތިއުނާފު މައްސަލަ ކޯޓުގައި ކުރިއަށްދާނަމަ އެވެ. އެހާލަތުގައިވެސް ސުޕްރީމް ކޯޓުގެ އަމުރެއް ހޯދަން ޖެހޭނެކަމަށް ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމުގެ އިސްތިއުނާފު މަރުހަލާ ވަނީ ފަށައިފަ އެވެ. އެހެންނަމަވެސް އެމައްސަލަ ރިޔާސީ އިންތިހާބުގެ ކުރިން ނިމެނޭ ކަމަކަށް ނުބެލެވެ އެވެ.

  1. އެންމެ ގިނަ ދުވަހު ޖަލުގައި ވައްކަމުގެ ޙުކުމް ތަންފީޒު ކުރަށްވަމުން ގެންދަވާ ބޭފުޅަކަށް ލިބިލައްވާ ހަދާނީ ފިލާ މިފަހަރު ލިބިލައްވާ ފަރާތަކީ…ޓީޓީ..ޓީޓީ…ޓީޓީ….އަލް ވަގުލް އަކްބަރު މާލްދީފު.