ޚަބަރު ސިޔާސީ

ރައީސް ޞާލިޙަށް ރައްޔިތުން މާފެއް ނުކުރާނެ: ޝިޔާމް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ރައްޔިތުން މާފު ނުކުރާނެ ކަަަމަށް ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޞާލިޙް އިސްވެހުރެ މަޖިލިސް މެޖޯރިޓީ ހިފައިގެން ސަރުކާރާ މުޢައްސަސާތައް ޖަވާބުދާރީ ނުކުރެވޭގޮތަށް މަޖިލިސް ބޮޑުތަޅު އަޅުވައިގެން ޖޭ.އެސް.ސީ މެދުވެެރިކޮށް ކޯޓުތަކުން ރައީސް ޔާމީނުގެ ޝަރީޢަތްތައް 12 ގަޑިއިރަށް ދަންމައިގެން ކުރަމުންދަނީ އަނިޔާ ކަމަށެެވެ. އަދި ރައްޔިތުން ރައީސް ޞާލިޙަށް މާފެއްނުކުރާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް މިފަދައިން ވިދާޅުވިއިރު ފުއްގިރި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ހޯމަ ދުވަހު 12 ގަޑިއިރަށްވުރެ ގިނަ އިރަށް ދެމިގެން ދިޔަ އަޑު އެހުންތަކަށް ފަހު، އަންގާރަ ދުވަހަށް ޔާމީންގެ މައްސަލަ ވަނީ ތާވަލުކޮށްފައެވެ. މިކަމާއި ގުޅިގެން އިދިކޮޅުން ދަނީ ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލައިގެ ހެކިބަސް ނަގަން އިއްޔެ ހެނދުނު 09:00 ކަންހާއިރު ފެށި ޝަރީއަތް މެންދުރު ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލި ނަމަވެސް އަނެއްކާވެސް އަލުން ފަށައިގެން ރެއާ ހަމައަށް ކުރިއަށް ގެންދިޔައެވެ.

Ads by Ooredoo
  1. ސިޔާމަށް ކޯޗެއް އެގެނީ ތިޔަބާގަޑައް ރައްޔިތުންމާފުނުކުރިޔަސް ސާލިހު އަށް މާފުކުރާނެފަރާތް މާގިނަވާނެ