އަލްހާން ރައީސް ނަޝީދަށް: ކުރިއެކޭވެސް އެއްގޮތަށް ޤައުމާއި ރައްޔިތުންގެ ހެވާ ލާބައަށްޓަކާ އިސްތިއުފާ ދެއްވާ

ކުރިއެކޭވެސް އެއްގޮތަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ ގޮވާލައިފިއެވެ.
އަލްހާން މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ރިޔާސަތާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހަވާލުވެ ވަޑައިގެންނެވުމަށް ޢުޒުރުވެރިވެ ވަޑައިގެންނެވުމުން ޖަލްސާ ބޭއްވެން ނެތްކަމަށް އެންގުމާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން އަލްހާން ވިދާޅުވީ މަޖްލީހުގެ ރައީސް އާއި ނައިބު ރައީސްގެ ޢާއިލީ ވެރިކަމަށް އިތުބާރު ގެއްލުމަކީ ރައްޔިތުންގެ މަޖިލިސް މަރުތަޅުވައިގެން ރައްޔިތުން ޝޯ ބަލަން ތިބެންޖެހޭ ކަމެއް ނޫން ކަމަށެވެ.
“ކުރިއެކޭވެސް އެއްގޮތަށް ގައުމާއި ރައްޔިތުންގެ ހެވާ ލާބައަށްޓަކައި އިސްތިއުފާ ދެއްވާ” އަލްހާން ވިދާޅުވިއެވެ.
މަޖިލީހުގެ ރިޔާސަތާއި ރައީސް ނަޝީދު ހަވާލުވާ އުޒުރުވެރިވެ ވަޑައިގެންނެވުމާއި ގުޅިގެން މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެމްބަރުންގެ ނުރުހުން ވަނީ ރައީސް ނަޝީދަށް އަމާޒުވެފައެވެ.
ތިހާގަޓެއް ހުރީވިއްޔާ އިސްތިއުފާދީބަލަ ނުކެރޭނެދޭކަށް ރައްޔެތަކާހެދީތަ އެތެޅެނީ ލާރިގަނޑާ ހެދީ :
އަލްހާނު ގައުމާ ރައްޔިތުން އަތުން ލޭ ބޮއެގެން ތިއުޅެނީ… ފައިސާކޮޅު ދީފަ އަނގަފޭކުރަމުން ކަލޭ ދުވާނީ… ތިވަރު ހަރާންކޯރު ސޭހަކު ނުދެކެން
ޖެހޭނީ އޭރު ހެދިހެން ބަޑޭރިގެއަށް ގެންނާށެވެ. އޭރުން ބިރުން ދެފައިދަނޑިޔަށް އޭތި ލެވިގެން އިސްތިއުފާ ދީފާނެއެވެ. ރައީސް ސޯލިހު ނޫންނަމަ މިހާރު އެހެން ހަދައިފީހެވެ.