Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

ބޮޑާހާކާފަ މިއަދުވެސް ރައީސް ޞާލިޙް ބައްދަލެއް ނުކުރެއްވި: ޝިޔާމް

ބޮޑާހާކާފަ މިއަދުވެސް ރައީސް ޞާލިޙް ބައްދަލެއް ނުކުރެއްވި: ޝިޔާމް

އިދިކޮޅު އިއްތިހާދުގެ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަނިޔާކުރުން ހުއްޓައިލުމަށް ގޮވައިލާ އިދިކޮޅު އިއްތިހާދުގެ ލީޑަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާ ބައްދަލުލުރެއްވުމަށް މިއަދުވެސް ރައީސް އޮފީހަށް ވަޑައިގެންފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނިކުމެވަޑައިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ ރައީސް ޞާލިޙް މިއަދު “ބޮޑާހާކަފަ” ގެއަށް ވަޑައިގެންފައިވާ ކަމަށެވެ.

“ބޮޑާ މިހޭކީ ވަޑައިގެން އުޅުއްވާ ސީޝެލްސްގެ ވެރިޔާގެ ހުރިހާ ކަމެއް ޝާހިދު ބައްލަވާތީއާއެކީގަ މުޢާމަލާތް ކުރެވުނު ގޮތަކުން އެކަމާ ހިއްޕުޅާ ހަމަނުވެގެން ގޭގަ އޮންނެވީ ކަމަށް އަޅުގަނޑުމެންނަށް މަޢުލޫމާތު މިލިބެނީ” ޝިޔާމް ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

އިދިކޮޅުން ރައީސް ޞާލިހާ ބައްދަލުކުރައްވަން ދާ ކޮންމެ ދުވަހަކު އީމެއިލް އެޑްރެހެއް ދޭ ކަމަށް ވިދާޅުވެ ޝިޔާމް އިއްޔެ ވަނީ ފާޑުވިދާޅުވެފައެވެ. ޝިޔާމް ވިދާޅުވީ އިދިކޮޅުން ވަޑައިގަންނަވަނީ ރައްޔިތުންގެ ޝަކުވާތަކަށް އަޑުއިއްވުމަށް ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް