ރިސޯޓެއްގައި ފަތުރުވެރިޔަކު ރޭޕްކުރި މައްސަލައެއް
ކ. އަތޮޅުގެ ރިސޯޓެއްގައި ފަތުރުވެރިއަކު ރޭޕްކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި ކ. އަތޮޅު ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއަކު ރޭޕްކުރި މައްސަލަ ފުލުހުންނަށް ހުށަހެޅުނީ މިމަހުގެ ހަ ވަނަ ދުވަހުއެވެ.
މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ޗައިނާގެ ފަތުރުވެރިޔާ ރޭޕްކޮށްފައިވަނީ ރިޓްޒް-ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑްގައެވެ.
މައްސަލައިގެ ތަހުގީގަށް ބޭނުންވާ ސާމްޕަލް ނަގައި ސުވާލުކުރަންޖެހޭ ފަރާތްތަކަށް ސުވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
Ads by Allied Insurance