Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޝަރުޢީ ދާއިރާ

ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ދެން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވޭނެ

ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ދެން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވޭނެ

ޝަރުއީ ދާއިރާގައި މަސައކަތް ކުރާ މުވައްޒަފުންނަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވޭ ގޮތަށް ކޯޑް އޮފް ކޮންޑަކްޓް އިސްލާހުކޮށްފި އެވެ.

ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ކޯޑް އޮފް ކޮންޑަކްޓް ކުރި އޮންނަ ގޮތުން ސިޔާސީ އެއްވެސް ހަރަކާތެއްގައި އެ މުވައްޒަފުންނަށް ބައިވެރިއެއް ނުވެވޭނެ އެވެ. އަދި ސިޔާސީ ޕާޓީއެއްގެ މަގާމެއްގައިވެސް އެ މުވައްޒަފުންނަށް ނުތިބެވޭނެ އެވެ.

އަލަށް އިސްލާހު ކުރި ކޯޑް އޮފް ކޮންޑަކްޓުގައި ވަނީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން މަނާ ކުރާ ބާބުތައް އުވާލައިފަ އެވެ. އަދި އެފަދަ ހަރަކާތްތަކުގައި ބައިވެރިވެވޭގޮތަށް ވަނީ އިސްލާހު ގެނަސްފަ އެވެ.

Advertisement
Ooredoo — Truecaller (box)

މި އިސްލާހު ގެނަސްފައިވަނީ ޝަރުއީ ދާއިރާގެ މިނިވަންކަން ހިފެހެއްޓުމާއިއެކު އިތުބާރު ދެމެހެއްޓުމުގެ މާއްދާގެ ތެރޭގަ އެވެ.

މިއާއިއެކު މުވައްޒަފުންނަށް ސިޔާސީ ޕާޓީތަކުގެ މެމްބަރުކަންވެސް ކުރެވޭނެ އެވެ. އަދި ޕާޓީތަކުން ބާއްވާ ހަރާކަތްތަކުގައިވެސް ބައިވެރިވެވޭނެ އެވެ. އެހެންނަމަވެސް އޭގެ ތެރޭގައި ފަނޑިޔާރުން އިސްތިސްނާ ވާނެ އެވެ.

ޝަރުއީ ދާއިރާއަށް ސިޔާސީ ނުފޫޒު ވަންނަ ކަމަށް ބުނެ އިނގިލި ދިއްކުރެވެމުންދާއިރު މިފަދަ އިސްލާހެއް ގެނައުމުން ޝަރުއީ ދާއިރާގެ މުވައްޒަފުން ސިޔާސީ ވާނެ ކަމަށް ބުނެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް