ރައީސް ޔާމީނަށް އިއްވެވި ޙުކުމާއި، ރައީސް ޞާލިޙާއި ގުޅުމެއް ނެތް: ރައީސް އޮފީސް

އިދިކޮޅު ލީޑަރު ރައީސް ޔާމީނަށް އިއްވައިފައިވާ ޖަލު ޙުކުމާއި، ރައީސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެއްވެސް ގުޅުމެއް ނެތް ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.
އެ އޮފީހުން މިހެން ވިދާޅުވީ، ރައީސްއާ ބައްދަލުކުރެއްވުމަށް އެދި އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ފޮނުއްވި ސިޓީއަކަށް، ރައީސް ޞާލިޙާ ހަވާލާ ދެއްވައި، ދެއްވި ޖަވާބު ގައެވެ.
މި ސިޓީގައި ސޮއިކުރައްވާފައިވަނީ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރުއެވެ.
ރައީސް ޞާލިޙަށް އަބްދުއްރަޙީމް ފޮނުއްވި ސިޓީގައި ރައީސް ޔާމީން ހައްޔަރުކޮށްފައިވާ މައްސަލައާއި، ރާއްޖޭގެ ކަނޑާއި ބިމާއި މިނިވަންކަން ވިއްކާލާފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.
އަދި ރައްޔިތުންގެ މަޖިލިސް ހުއްޓުވުމަށްފަހު ރައީސް ޞާލިޙު ފިއްލަވައިގެން އުޅުއްވާ ކަމަށްވެސް ސިޓީގައިވެއެވެ.
މިތުހުމަތުތައް ދޮގުކޮށް ރައީސް އޮފީހުގެ ސިޓީގައި ވިދާޅުވެފައިވަނީ އަބްދުއްރަޙީމްގެ ސިޓީ ކުރައްވާފައިވާ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ލިޔުއްވާފައިވާ ވާހަކަތަކެއް ކަމަށް ރައީސް ދެކެވަޑައިނުގަންނަވާ ކަމަށާއި، އިދިކޮޅު ލީޑަރު ރައީސް ޔާމީން މިހާރު ތަންފީޒު ކުރައްވަމުން ގެންދަވަނީ ޝަރުޢީ ކޯޓަކުން އިއްވާފައިވާ ޙުކުމެއް ކަމަށެވެ.
އެހެންކަމުން އެ ހުކުމާއި ރައީސް ޞާލިޙާއި އެއްވެސް ގުޅުމެއް ނެތް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އަދި އެއްވެސް މީހަކަށް އަނިޔާއެއް ދިނުމަކީ ރައީސް ޞާލިޙު އިސްވެ ހުންނަވައިގެން ކުރައްވާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އަދި ރައީސް ޔާމީން ޝަރުޢީ ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާއިރު، ޙުކުމެއް އިސްތިއުނާފުގެ މަރުހަލާ މިހާރު ހިނގަމުންދާއިރު އެފަދަ ކަމެއްގެ ތެރެއަށް ރައީސުލްޖުމްހޫރިއްޔާ ވެދެވަޑައިގެން އެކަމާ ގުޅޭގޮތުން އެއްވެސް ބަޔަކާ ބައްދަލުކުރެއްވުމަކީ ހަމަޖެހޭ ގޮތެއް ނޫންކަން އަބްދުއްރަހީމުވެސް ގަބޫލުކުރައްވާނެ ކަމަށް ރައީސް ޔަޤީންކުރައްވާ ކަމަށްވެސް ރައީސް އޮފީހުގެ ސިޓީގައިވެއެވެ.
ރައީީސް ޔާމީނަށް އިއްވެވި، 11 އަހަރުގެ ޖަލު ޙުކުމްގެ އިސްތިއުނާފު މައްސަލަ މިހާރު ހައި ކޯޓުގައި ވަނީ ފަށައިފައެވެ.







ކޮމެންޓް