Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މަޖިލިސް ޗުއްޓީއަށް ނުގޮސް، ތާށިވެފައިވާ މުހިންމު ބިލުތައް ނިންމޭނެގޮތް ރިޔާސަތުން ހަމަޖައްސައިދޭން ޖެހޭ: ރާއީ

މަޖިލިސް ޗުއްޓީއަށް ނުގޮސް، ތާށިވެފައިވާ މުހިންމު ބިލުތައް ނިންމޭނެގޮތް ރިޔާސަތުން ހަމަޖައްސައިދޭން ޖެހޭ: ރާއީ

މަޖްލިސް ޗުއްޓީއަށް ނުގޮސް ތާށިވެފައިވާ މުހިންމު ބިލުތައް ނިންމޭނެގޮތް ރިޔާސަތުން ހަމަޖައްސައިދޭން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

ރާއީ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްހޫނުވެ މަޖިލިސް ކުރިއަށް ނުދެގެންދެވޭތާ ދުވަސްތަކެއް ވެފައިވަނިކޮށެވެ.

"މަޖިލިސް ޗުއްޓީއަށް ދިއުމުގެ ބަދަލުގައި މަޖިލިސް ހުއްޓިފައިވާ ހުއްޓުމަށާއި އަދި މަޖިލިސް ކޮމިޓީތަކުގައި ކުރިއަށް ނުގެންދެވި ތާށިވެފައިވާ ދިވެހި ލޮބުވެތި ރައްޔިތުންގެ ލާބައާއި މަންފާ އަށްޓަކައި ސަރުކާރުން ހުށައަޅާފައިވާ މުހިއްމު ބިލްތަށް ނިންމޭނެ ގޮތަށް މަޖްލިސްގެ ރިޔާސަތުން ކަންކަން ހަމަޖެއްސައިދޭންޖެހެއެވެ." ރާއީ ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

މީގެ އިތުރުން އޭނާ ކުރެއްވި އިތުރު ޓްވީޓެއްގައިވަނީ މިއަދަކީ ދިވެހި ރާއްޖޭގެ ތާރީޙްގައި ކަޅުދުވަހެއް ކަމަށާއި މަޖިލިސް ގެ މަސައްކަތްތައް ހުއްޓިި އޭގެ ގެއްލުން މުޅިގައުމާއި ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

ރާއީ ވިދާޅުވީ މިއީ މަޖިލިސްގެ ތާރީޙްގައި ޖެއްސި ފުހެނުލެވޭނެ ކަޅުލައްގަނޑެއް ކަމަށާއި މިއަދަކީ  އެކިއެކި ދާޢިރާތަކުން ވޯޓްދީގެން ހޮވި އެ ރައްޔިތުންގެ މެމްބަރުންގެ އަޑު މަޖިލިސްއިން ކަނޑުވާލި ދުވަސްކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް