Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
އިޖުތިމާޢީ

ޗުއްޓީއަށް ފުރުމުގެ ކުރިން މުދަލަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

ޗުއްޓީއަށް ފުރުމުގެ ކުރިން މުދަލަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

މިއަދު މިފެށުނު ސްކޫލް ބަންދު ޗުއްޓީއާއި ކުރިއަށް މިއޮތް އީދު ބަންދު ޗުއްޓީއަކީ އަމާން ރައްކާތެރި އުފާވެރި ޗުއްޓީއަކަށް ހެދުމަށްޓަކައި  ޗުއްޓީއަށް ފުރުމުގެ ކުރިން މުދާތައް ރައްކާތެރިކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ޗުއްޓީއަށް ދިއުމަށް ރަށުން ބޭރަށް ފުރަންދާން ގެއިން ނުކުތުމުގެ ކުރިން ގެދޮރު ރަނގަޅަށް ތަޅުލެވުނުތޯ ޔަގީންކޮށްލުމަށާއި ފެންލައިޓް، ވައިގޮޅި، ގޭގެ ކުޑަދޮރުތައް އަދި ބެލްކަނި ދޮރުވެސް ތަޅުލެވުނުތޯ ޔަގީންކޮށްލުމަށް އެދޭކަމަށެވެ. އަދި ގޭ ދޮރުމަތީގައި އޮންނަ ފައިފުހި ދަށުގައި ނުވަތަ ފައިވާން ހަރުގައި ހުންނަ ބޫޓު ތެރެއަށް ލާފައި ތަޅުދަނޑި ނުބޭއްވުމަށާއި ދުވާލަކު އެއްފަހަރު ނަމަވެސް ގެދޮރު ބެލޭނެ އިންތިޒާމު ހަމަޖައްސާފައި ދިއުމާ އަދި ގޭގައި އަލިކަން ބެހެއްޓުމަށް ފުލުހުން އެދެއެވެ.

މީގެ އިތުރުން ގޭގައި ހުންނަ އަގުބޮޑެތި މުދާ ރައްކާތެރިކުރުމަށް ފުލުހުންއެދެއެވެ. މިގޮތުން ލެޕްޓޮޕް، އައިޕެޑް، ޓެބްލެޓް، ގަހަނާ އަދި އެހެނިހެން ތަކެތި، ތަޅުލެވޭ ތަނެއްގައި ރައްކާކުރުމަކީވެސް މުދަލުގެ ރައްކާތެރިކަމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަމަށާއި ގޭގައި ފައިސާ ނުބެހެއްޓެވުމަށް އެދޭކަމަށް ފުލުހުން ބުނެފައިވެއެވެ.

Advertisement
Allied Insurance — Square (box)

އަދި ހަމައެހެންމެ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި ފެން ލީކުވެދާނެހެން ހުރި ތަންތަން ރަނގަޅުކޮށްލުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ސައިކަލު ފަދަ މުދަލަށްވެސް ރައްކާތެރިވުމަށާއި ޗުއްޓީއަށް ގޮސް އުޅުމުގެ ތެރޭގައި އާއި މޫދަށް އެރިއުޅުމުގައިވެސް ރައްކާތެރިކަން ހިޔާރުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް