ޚަބަރު އިޖުތިމާޢީ

ސްކޫލް ކުދިންގެ ލަވަ މުބާރާތުގެ ނަތީޖާ ފާޅުކުރުން މިރޭ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އަށް އަހަރުގެ މެދުކެނޑުމަކަށް ފަހު މި އަހަރު ކުރިއަށް ގެންދިޔަ ސުކޫލު ކުދިންގެ ލަވަ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ މިރޭ އޮންނާނެއެވެ.

Ads by STELCO

ޔެސް ޓީވީއިން ލައިވްކޮށް ދެއްކުމަށް ހަމަޖެހިފައިވާ މިޖަލްސް އޮންނާނީ މިރޭ 20:30 ގައެވެ. 267 ބައިވެރިންނާއެކު އިންޓަރ ސްކޫލް ލަވަ މުބާރާތް 2023 ފަށާފައިވަނީ މިމަހުގެ 16 ދުވަހުއެވެ. މިއަހަރުގެ ސްކޫލް ކުދިންގެ ލަވަ މުބާރާތުގައި މާލެއާއި އަތޮޅުތަކުގެ ސްކޫލްތައް ހިމެނޭހެން 32 ސްކޫލަކުން ވަނީ ބައިވެރިވެފައެވެ.

ހަ އުމުރުފުރައަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ އާއި ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓާއި ނެޝަނަލް ސެންޓަރ ފޯ ދަ އާޓްސް އަދި ޕީއެސްއެމް ގުޅިގެންނެވެ.

މުބާރާތުގައި ކުދިންގެ ހުށަހެޅުންތަކަށް އިންސާފުކޮށްފައިވަނީ 7 ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ޕެނަލަކުންނެވެ. މި ޕެނަލްގައި ހިމެނޭ ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި މިވަގުތުވެސް ފިޔަޖަހަމުން އަންނަ އަދި އެތައް ދިވެހިންނެއްގެ ލޯބި ހޯދާފައިވާ ފަންނާނުންނާއި، މިއުޒީޝަނުން ހިމެނިފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!