ޚަބަރު

ރައީސް ނަޝީދާއި ރައީސް ޔާމީން ނޫނީ ވައްކަމުގެ ކުށް ސާބިތުވެފައިވާ ރައީސުން ނެތް: މޫކޭ

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސް މުޙައްމަދު ނަޝީދާއި އިދިކޮޅު ލީޑަރު، އަދި ޕީޕީއެމްގެ ރިޔާސީ ޓިކެޓު އަރުވައިފައިވާ ރައީީސް ޔާމީން ނޫނީ ވައްކަމުގެ ކުށް ސާބިތުވެފައިވާ ރައީސުންނެއް ނެތް ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލީ މަނިކު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މޫކޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މޫސާ ވިދާޅުވީ އަންނި އާއި ޔާމީން ނޫނީ ވައްކަން ކޮށްގެން އަދަބު ލިބުނު ރައީސަކު ރާއްޖޭގައި ނެތްކަމަށެވެ. އަދި އެ ދެބޭފުޅުންނަކީ ޝަރުޢީގޮތުން ވަގުންކަން ސާބިތުވެފައިވާ ދެބޭފުޅުންކަމަށް މޫކޭ ވިދާޅުވިއެވެ.

“ވެލާނާގެއިން ވައްކަން ކުރައްވައިގެން އަރުވާލެއްވި ރައީސް އަންނި އާއި ފަޅުރައްތައް ވިއްކައިގެން ވައްކަން ސާބިތުވެ ޖަލަށް ލާފައިވާ ޔާމީނު ނޫނީ ދެ ވަގުން ކަމަށް ޝަރުޢީ ގޮތުން ކުށް ސާބިތުވެފަވާ އެހެން ރައީސަކުނެތް.” މޫކޭ ވިދާޅުވިއެވެ.

މޫކޭ މިފަދައިން ވިދާޅިވީ ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން އުފެއްދެވުމަށް މަސައްކަތް ކުރަށްވާ ދަ ޑިމޮކްރެޓްސް އާއި ރައީސް ޔާމީންގެ ޕީޕީއެމުން ގުޅިގެން ސިޔާސީ މަސައްކަތްތައް ފެށުމަށް ތައްޔާރުވެފައިވާ ދަނޑިވަޅެއްގައެވެ.

  1. ދޮށީބޭ

    ތިޔަދެން،ނަޝީދުއާއި ޔާމީނުގެ ދުވަސް ދިޔައީ މޫކޭބޭމެންގެ އަނގަގަދަކަމުން ނެތެއްނު ސަލާމަތެއް!ތިޔަހެން ނުހައް ދަވާށަ އިނގޭތޯ ވެރީސޮރީ ކިޔަމަންވެގެން އަބަދުމެ ކަލޯއަށްޓަކާ ތިބީ.މޫކޭބޭ ހާސްނުވާތި!

  2. އަބްދޫ

    މޫކޭ ބުންޏަސް ތިޔަކު ގޯހެއްނެތް.ގާނޫނުއަސަސީގެ 109 ގަބުނޭ ވަގަކަށް ރައީސްކަންނުދެވޭނޭކަމަށް .ގާނޫނުއަސަސީގެ 64 ގަބުނޭ ގާނޫނާ ހިލާފު ނިންމުންބަލައިނުގަތުމަށް. ވީއިރު މިފަހަރު މިދެމީހުނަކަށް ޗާންސެއް ނެތް.