ދަ ޑިމޮކްރެޓްސް ޕާޓީގައި ތިބީ ބިސްމި ކިޔަން ލަދުގަންނަ ބައެއްކަމަށް މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ނިހާދު މިހެން ވިދާޅުވެފައިވަނީ ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމަށްޓަކައި އެ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވި މަޖިލީހުގެ ހެންވާރު ދާއިރާގެ މެމްބަރު ޙަސަން ލަޠީފު، އެ ޕާޓީގެ ޖަލްސާގެ ދައުވަތު ލިޔުން ޓްވިޓާގައި ޙިއްޞާކުރެއްވިއިރު އެ ލިޔުން ބިސްމީގެ ބަރަކާތުން ފަށާފައިނުވާތީއެވެ.
އެކަމަށް ފާޑުވިދާޅުވެ ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޑިމޮކްރެޓްސް ޕާޓީގެ މީހުންގެ އަސްލު ސިފަ ހާމަވަމުންދާ ކަމަށެވެ.
"ބިސްމި ކިޔަން ލަދުގަންނަ ބަޔަކު ބިސްމި ނުލިޔާނެ ދޯ؟ ކޮމިޓީތައް ފަށާއިރު މި މީހުން ތިބެނީ ބިސްމި ކިޔަން ލަދުން އަދި ގިނަ ދުވަހު ނުކިޔާނެ!" ނިހާދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ނިހާދު ވިދާޅުވީ، މަޖިލީހުގެ ކޮމިޓީތައް ކުރިއަށްދާއިރު ބަންގީގެ އަޑުއިވުނަސް، ދައްކަވާ ވާހަކަފުޅު ހުއްޓާލައްވަން އެ ބޭފުޅުން ބޭނުންފުޅުނުވާކަމަށާއި، މަޖިލީހުގެ ކޮމިޓީތައް އަޑުއައްސަވައިފިއްޔާ އެކަން ސާފުވާނެކަމަށެވެ. Trade directly in your browser! Instant access to financial markets, no installation needed. MT4 WebTrader Intuitive interface, advanced charts, real-time quotes, and analysis tools. Perfect for any trader, anytime, anywhere.
ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާ މި ބުދަ ދުވަހުގެ ރޭގަނޑު 8:30 ގައި ޣިޔާޘުއްދީން ސުކޫލް ހޯލުގައި ބާއްވާއިރު، އެ ޖަލްސާގައި ކުރީގެ ރައީސް، ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެކަމަށް އެމަނިކުފާނު ވަނީ އިޢުލާނުކުރައްވާފައެވެ. މި ޖަލްސާގައި އެ ޕާޓީއަށް ސޮއިކުރަން ބޭނުންވާ މީހުންނަށް އެ ފުރުޞަތު ލިބިގެންދާނެކަމަށް އެ ޕާޓީން ވަނީ މަޢުލޫމާތުދީފައެވެ.
އެއްވެސް ޝައްކެއް ނުކުރަން އެއީ ހަމަ ލާދީނީ ބައިގަނޑެއް! ﷲ އިރާދަ ކުރެއްވިއްޔާ ތިޔަ ނަޝީދު ގެ ބައިވެރިވުން ހިމެނޭ ބައެއް މިރާއްޖޭގެ ވެރިކަމަކަށް ދެން ނާދެވޭނެ! އެހެން ދެއަތަށް ކެނޑިކެނޑި ތިބެ ހަލާކުވެދާނެ! ޔަހޫދީންނަށް ޖެހުނު ހާލު ޖެހިފަ އެތިބީ.