Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އަދާަލަތު ޕާޓީގެ ވެރިކަމަކަށް ތާއީދެއް ނެތް، ރާއްޖެ ނެތިގެން ހިނގައިދާނެ: އިބްރާ

އަދާަލަތު ޕާޓީގެ ވެރިކަމަކަށް ތާއީދެއް ނެތް، ރާއްޖެ ނެތިގެން ހިނގައިދާނެ: އިބްރާ

ޢަދާލަތު ޕާޓީގެ ވެރިކަމަކަށް ތާއީދު ނުކުރެވޭނެ އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެރިކަމުގައި އަދާލަތު ޕާޓީގެ ބަހެއް ކިޔެން ވެސް އެދިވަޑައިނުގަންނަވާ ކަމަށެވެ. އިބްރާ ވިދާޅުވި ގޮތުގައި، މިއީ "ރާއްޖެ ނެތި ދިޔުމާއި ގުޅިފައި އޮތް" ކަމެކެވެ. "އެއްދުވަހުން އަނެއްދުވަހަށް ޠާލިބާނުންގެ ސިފަ މިރާއްޖޭގައިވަނީ ބޮޑު." އޭނާ ވިދާޅުވިއެވެ. އިބްރާ މިހެން ވިދާޅުވިއިރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ދެވަނަ ދައުރަކަށް ހޮވުމަށް އަދާލަތު ޕާޓީ އާއިއެކުގައި ވަނީ ކޯލިޝަން ހަދައިފައެވެ. އަދާލަތު ޕާޓީގެ ބޭފުޅުން ސަރުކާރުގެ އެކި މަޤާމުތަކުގައި ވެސް އެބަތިއްބެވެ. ރައީސް ޞާލިޙާއެކު ކޯލިޝަން ހަދައި، އެ ޕާޓީން ބުނީ، އެގޮތަށް ނިންމީ ޤައުމާ ރައްޔިތުންނަށް އެންމެ ރަނގަޅުވާނެ ގޮތަކާއިމެދުގައި ވިސްނުމަށްފަހުގައި ކަމަށެވެ.  

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް