Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ދައުރު ނިމެން ދެ މަސް، ޝަރުޢީ ދާއިރާ އިސްލާހު ކުރެވިއްޖެތޯ؟: ހައިލަމް

ދައުރު ނިމެން ދެ މަސް، ޝަރުޢީ ދާއިރާ އިސްލާހު ކުރެވިއްޖެތޯ؟: ހައިލަމް

ވެރިކަމުގެ ދައުރު ނިމެން ދެ މަސް ދުވަހަށް ވެފައިވާއިރު، ޝަރުޢީ ދާއިރާ އާއި، ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އިސްލާހު ނުކުރެވުނު ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަޙްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ރ.ދުވާފަރުގައި ޖުމްހޫރީ ޕާޓީން ރޭ ބޭއްވި ޖަލްސާގައި ހައިލަމް ވިދާޅުވީ، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރާނެ ކަމަށާއި، އެ ކޮމިޝަން އިސްލާހު ކުރާނެ ކަމަށް ވިދާޅުވެ، ސަރުކާރުން ކުރާ އެއްވެސް ކަމެއްގައި އިހްލާސްތެރިކަމެއް ނެތް ކަމަށެވެ.
"ކިހިނެއްތޯ ޤަބޫލު ކުރެވެނީ ރައްޔިތުންނަށް؟ އިސްލާހު ވެއްޖެތޯ ޖުޑިޝަރީއެއް؟ މި ބޭފުޅުން މި ވިދާޅުވި ގޮތަށް، ޖުޑިޝަރީގެ އެއްވެސް ކަމެއް ނުވަތަ ފަނޑިޔާރުގެ އިސްލާހު ކުރެވިއްޖެތޯ؟ ފަނޑިޔާރުންނަށް ނުވަތަ ދިވެހި ރައްޔިތުންނަށް އިތުބާރެއް ހޯދިއްޖެތޯ؟"
ހައިލަމް ވިދާޅުވި ގޮތުގައި، ޖޭއެސްސީ އިސްލާހު ކުރަން މަސައްކަތް ކުރާކަން ދެއްކުމަށްޓަކައި، މަޖިލިސް "ތަޅު އަޅުވައިފައި" އެކަމާ ގުޅޭ ބިލެއް މަޖިލީހަށް ވެއްދިއިރު، އިހްލާސްތެރިކަމެއް ހުރިނަމަ، ފަސް އަހަރުގެ ދައުރެއް ނިމޭއިރު، ޝަރުޢީ ދާއިރާ އޮންނާނީ އިސްލާހު ކުރެވިފައި ކަމަށެވެ. ހައިލަމް އިތުރަށް ވިދާޅުވީ، މިހާރުގެ ސަރުކާރަށް ދެވަނަ ދައުރެއް ދޭން ޖެހޭ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް