Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
އިޖުތިމާޢީ

ހައިވޭގައި ޖަހާފައި ހުރި ސޯލާ ޕެނަލްތައް ވަޔާއެކު ވިއްސައިގެންދާތީ ސަމާލުވުމަށް އެދެން: މޭޔަރ

ހައިވޭގައި ޖަހާފައި ހުރި ސޯލާ ޕެނަލްތައް ވަޔާއެކު ވިއްސައިގެންދާތީ ސަމާލުވުމަށް އެދެން: މޭޔަރ

ބްރިޖް ހައިވޭގައި ޖަހާފައި ހުރި ސޯލާ ޕެނަލްތައް ވަޔާއެކު ވިއްސައިގެންދާކަން ވަނީ ފާހަގަވެފައިކަމަށާއި, ސޯލާ ޕެނަލްތައް ހަރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ނުދީފި ނަމަ ނުރައްކާތެރި ހާދިސާއެއް ހިނގުމަކީ އެކަށީގެންވާކަމެއް ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިއްޔެ ހަވީރުވެސް 4 ޕެނަލް ވަނީ ވިއްސައިގެންގޮސް މޫދަށް ވެއްޓިފައި ކަމަށެވެ.

"ބްރިޖް ހައިވޭގައި ޖަހާފައި ހުރި ސޯލާ ޕެނަލްތައް ވަޔާއެކު ވިއްސައިގެންދާކަން ވަނީ ފާހަގަވެފައި. މިއަދު ހަވީރު 4 ޕެނަލް ވަނީ ވިއްސައިގެން މޫދަށް ގޮސްފައި. ސޯލާ ޕެނަލް ހަރުކުރާ ފަރާތުން މިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ނުދީފިނަމަ ވަރަށް ނުރައްކާތެރި ޙާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމެއްކަމުގައި ދެކެން" މޭޔަރު ރޭ ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއްކަމުން، ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސް ކުރައްވައިފައެވެ.

އަދި މިދުވަސްވަރު ބާރަށް ވައި ޖެހޭތީ ބުރިޖުމަތިން ދަތުރުކުރައްވާ ފަރާތްތަކުންވެސް ސަމާލުކަން ދިނުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ނަސޭހަތްތެރިވަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް