ޚަބަރު

އެމްއެންޑީއެފުން ޚަރަދުތައް ކޮށްފައިވަނީ ޤާނޫނާ އެއްގޮތަށް: އޮޑިޓް ރިޕޯޓު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19 އާއި ގުޅިގެން އެމްއެންޑީއެފުން ޚަރަދުތައް ކޮށްފައިވަނީ ޤާނޫނާއި އެއްގޮތަށް ކަމަށް އޮޑިޓް ރިޕޯޓުން މިއަދު ބުނެފިއެވެ.

Ads by MWSC

އޮޑިޓާ ޖެެނެރަލް ހަސަން ޒިޔަތު ސޮއި ކުރައްވައި، ނެރުއްވި އެމްއެންޑީއެފްގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ކޮވިޑް-19 އާ ގުޅިގެން އެމްއެންޑީއެފުން ޚަރަދުކުރަން ކަނޑައެޅި 17 މިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ޚަރަދުވެފައިވަނީ 5.2 މިލިއަން ރުފިޔާ އެވެ. ބާކީ 11.8 މިލިއަން ރުފިޔާ އަދިވެސް އެބަހުރި ކަމަށް އޮޑިޓުން ދައްކާފައިވެއެވެ.

އެމްއެންޑީއެފުން ކޮވިޑްގެ ހާލަތާއި ގުޅޭގޮތުން ކޮށްފައިވާ ޚަރަދުތައް ކޮށްފައިވަނީ މާލިއްޔަތު ގާނޫނާއި މާލިއްޔަތު ގަވާއިދާއި ފިނޭންސް މިނިސްޓްރީގެ އެންގުންތަކާ އެއްގޮތަށް ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ.

އެރިޕޯޓުގައިވާ ގޮތުން، އެމްއެންޑީއެފުން ކޮވިޑް-19 އާ ގުޅިގެން އެންމެ ބޮޑު ޚަރަދެއް ކުރީ ކަނޑު އުޅަނދުތަކަށް ތެޔޮ އެޅުމަށެވެ. އެއީ 3.2 މިލިއަން ރުފިޔާ އެވެ.

ކޮވިޑާ ގުޅިގެން ކުރަމުންދާ ޚަރަދުތަކުގެ އޮޑިޓެއް ހަދަން ރައްޔިތުންގެ މަޖިލީހުން ފާސް ކޮޮށްފައިވާތީ، އޮޑިޓާ ޖެނެރަލް ގެންދަވަނީ އެފަދަ އޮޑިޓްތައް ހައްދަވަމުންނެވެ. އެގޮތުން މިހާތަނަށް ނެރުނު ހެލްތް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓުން އެނގުނު ގޮތުގައި ކޮވިޑާ ގުޅިގެން އެ ދެ މިނިސްޓްރީގެ ޚަރަދުތަކުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ވަނީ ފެންމަތި ވެފައެވެ. އަދި އެކަންކަން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!