ޚަބަރު އިޖުތިމާޢީ

ޙައްޖުވެރިން އަންނަ ދުވަސްތަކުގައި އިތުރު ފުލުހުން އެއާޕޯޓުގައި ހަރަކާތްތެރިވާނެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

1444 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާ ކުރުމަށްފަހު ހައްޖުވެރިން އެނބުރި ރާއްޖެއަންނައިރު އެއާޕޯޓުގެ ޓްރެފިކް ފްލޯ ބާރުބޮޑުވާނެތީ އިތުރު ފުލުހުން ހަރަކާތްތެރިވާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

Ads by STELCO

ފުލުހުން މިއަދު ވިދާޅުވީ ޖުލައި 7، 10 އަދި 14 ގައި، ކޮންމެ ދުވަހަކު 13:50 ގައި ގިނަ އަދަދެއްގެ ޙައްޖުވެރިން އައުމަށް ހަމަޖެހިފައިވާކަމަށެވެ.

"އެހެންކަމުން، އޮމާންކަމާއެކު ޓްރެފިކް ފޮލޯ ކުރިއަށްދާނެކަން ކަށަވަރުކުރުމަށްޓަކައި އިތުރު ފުލުހުން އެއާޕޯޓުގައި ހަރަކާތްތެރިވަމުން ގެންދާނެއެވެ. އެއާޕޯޓުން ހިދުމަތް ހޯއްދަވާ އެންމެހައި ފަރާތްތައް ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރެއްވުމަށް ދަންނަވަމެވެ." ފުލުހުން ވިދާޅުވެފައިވެއެވެ.

މިއަހަރު ރާއްޖެއަށް ލިބިފައިވަނީ 1000 ކޯޓާއެވެ. މީގެތެރެއިން ޙައްޖަށް ގެންދިޔުމުގެ ހުއްދަ ދޫކޮށްފައިވާ 3 ކުންފުނިން ކޮންމެ ކުންފުންޏަކަށް ދީފައިވަނީ 90 ފުރުޞަތެވެ. ދެންހުރި ފުރުޞަތުތައް ދިނީ ޙައްޖު ކޯޕަރޭޝަނަށެވެ.

މިއީ ކޮވިޑް-19 ގެ ހާލަތަށް ފަހު ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށް 1000 ކޯޓާ ލިބުނު ފުރަތަމަ ފަހަރެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!