Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ސަރުކާރު

"ވަންގަވް" އަކީ، ޑިޖިޓަލް ސަރުކާރެއްގެ ފެށުން: ރައީސް

"ވަންގަވް" އަކީ، ޑިޖިޓަލް ސަރުކާރެއްގެ ފެށުން: ރައީސް

މިއަދު ތަޢާރުފްކުރި "ވަންގަވް" އަކީ، ޑިޖިޓަލް ސަރުކާރެއްގެ ފެށުން ކަމަށާއި މި ސަރުކާރުގެ އެންމެ ޚާއްޞަ ސިފަޔަކީ، ދިވެހި ސަރުކާރުގެ ފަރާތުން އެ މީހަކު ހޯދަން ބޭނުންވާ ޚިދުމަތެއް، އެ މީހަކު ހުރި ތަނަކުން އެ މީހެއްގެ އިނިގިލިކުރިއަށް ތިލަވެގެން އައުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މުއައްސަސާތަކުގެ ޚިދުމަތްތައް އެއް ވިގުއަކުން ފޯރުކޯށްދިނުމުގެ ގޮތުން ތަޢާރަފުކޮށްފައިވާ "ވަންގަވް" ޕޯޓަލްގެ ޚިދުމަތްތައް ލޯންޗުކުރުމަށް މިއަދު ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެ ކަހަލަ ގިނަ އަތޮޅުތަކެއްގެ އަދި އެއަށްވުރެ ގިނަ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ޖަޒީރާ ރާއްޖެއަކަށް ޑިޖިޓަލް ސަރުކާރެއްގެ މުހިންމުކަން ވަރަށްބޮޑު ކަމަށެވެ. އަދި ކުރިމަތިވަމުންދާ މޫސުމީ ބަދަލުތަކަކަށް ބަލާއިރުވެސް، ޑިޖިޓަލް ސަރުކާރެއްގެ ބޭނުންތެރިކަން، ދިވެހި ރައްޔިތުންނަށް މިހާރު ވަރަށްބޮޑު ކަމަށް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

"ދިވެހިން އެދޭ އިޤްތިޞާދީ ކުރިއެރުމަށް ބަލާއިރުވެސް އަދި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައިވެސް ޑިޖިޓަލް ސަރުކާރެއް ދިވެހިންނަށް މިހާރު ކޮންމެހެން ބޭނުންވޭ" ރައީސް ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

"ވަންގަވް" ތައްޔާރުކުރެވިފައިވަނީ އެންމެންނަށްވެސް ފަސޭހަކަމާއިއެކު ބޭނުންކުރެވޭ ގޮތަށެވެ. އެ ޕޯޓަލް ބޭނުންކުރުމަށް އިތުރު ތަމްރީނެއް ނުވަތަ އިތުރު ތަޖުރިބާއެއްވެސް ބޭނުންނުވާނެކަމަށް އުނދަގުލަކާއި ނުލައި ސަރުކާރުގެ ޚިދުމަތްތަކަށް އެދި ހުށަހެޅޭއިރު ވަންގަވް އިން ޚިމަތްތަކަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމްތައް ފަރުމާކޮށްފައިވާނީ ފަސޭހަކަމާއި އެކީ ޚިދުމަތްތަކަށް އެދި ހުށައެޅޭނެ ގޮތަށެވެ. އަދި ޚިދުމަތްތަކާ ގުޅެ ހުރިހާ މައުލޫމާތާއި ލިޔެކިޔުންތައް ހާމަކޮށް އެއްވެސް އޮޅުމެއް ނެތި ޔަގީންކަމާއެކު ޚިދުމަތަށް އެދުމަށް ބޭނުން މައުލޫމާތުތައް ކިޔާލެވޭނެކަމަށް މަޢުލޫމާތު ލިބެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް