ޚަބަރު ސިޔާސީ

ބުރާސްފަތި ދުވަހުގެ ރޭ، ރައީީސް ނަޝީދު ޑިމޮކްރެޓްސްއާއި ގުޅިވަޑައިގަންނަވަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްކޮށް ހުންނަވައި އުފެއްދެވި "ދަ ޑިމޮކްރެކްޓްސް" އަށް އެމަނިކުފާނު އަންނަ ބުރާސްފަތި ދުވަހު ސޮއި ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

Ads by STELCO

ޑިމޮކްރެޓްސް އިން މަޢުލޫމާތުދޭ ގޮތުގައި، އެ ޕާޓީގެ ބާނީ، ޕާޓީއަށް ސޮއިކުރެއްވުމަށް ބާއްވާ ޖަލްސާ އޮންނާނީ ބުރާސްފަތި ދުވަހުގެރޭ 8:30 ގައި އާޓިފިޝަން ބީޗުގައެވެ.

ރޭ ސަންގު ޓީވީގެ ޕްރޮގްރާމެއްގައި، މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމް މިކަން ކަށަވަރު ކޮށްދެއްވިއެވެ.

ޢާޒިމް ވިދާޅުވީ ރައީސް ނަޝީދުގެ އިތުރަށް، ޕާޓީއާއި އެހެން ބައެއް މެމްބަރުންތައް ވެސް އަލަށް ގުޅޭނެކަމަށެވެ.

ނަމަވެސް އެއީ ކޮން މެމްބަރުންނެއް ކަމެއް ވިދާޅެއް ނުވެއެވެ.

ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާގައި ރައީީސް ނަޝީދު ބައިވެރިވެވަޑައިގެންނެވިއިރު، އެ ޖަލްސާގައި ވަނީ އެ ޕާޓީގެ ވަގުތީ ޗެއާޕާސަނަކަށް އެޕާޓީގެ މުއައްސިސު، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އިންތިޚާބުކޮށްފައެވެ.

ޑިމޮކްރެޓްސް އިން ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ކެންޑިޑޭޓަކު ނެރޭނެކަން އިޢުލާނު ކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!