Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

ސާބިތު ޚަރަދު ނުދައްކާތީ، މިދިޔަ އަހަރު 16 މީހުން، މި އަހަރުގެ ޖޫންގެ ނިޔަލަށް 2 މީހުން ގޭބަންދު!

ސާބިތު ޚަރަދު ނުދައްކާތީ، މިދިޔަ އަހަރު 16 މީހުން، މި އަހަރުގެ ޖޫންގެ ނިޔަލަށް 2 މީހުން ގޭބަންދު!

ސާބިތު ހަރަދުގެ ފައިސާ ނުދައްކާތީ މިދިޔަ 2022 ވަނަ އަހަރު 16 މީހުން ގޭބަންދު ކޮށް މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 2 މީހަކު ގޭ ބަންދުކޮށްފައިވާ އިރު އެކަކު ޖަލަށް ލާފައިވާކަމަށް ފެމެލީ ކޯޓުން ބުނެފިއެވެ.

އެ ކޯޓުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސާބިތު ޚަރަދު ނުދައްކައިގެން 2020 ވަނަ އަހަރު ހަ މީހުން ގޭބަންދު ކޮށްފައިވެއެވެ. އަދި 2021 ވަނަ އަހަރު 10 މީހުން، 2022 ވަނަ އަހަރު 16 މީހުން ގޭބަންދު ކޮށްފައިވެއެވެ.

އަދި ސާބިތު ހަރަދު ނުދައްކާތީ 2020 ވަނަ އަހަރު 2 މީހުން ޖަލަށް ލުމަށް ހުކުމް ކޮށްފައިވާއިރު، 2021 ވަނަ އަހަރު ވެސް 2 މީހުން ވަނީ ޖަލަށް ލާފައެވެ. އަދި 2022 ވަނަ އަހަރު އެކަކު ޖަލަށް ލާފައިވާއިރު މިއަހަރުގެ ޖޫން މަހާއި ހަމައަށް އެކަކު ވަނީ ޖަލަށް ލާފައެވެ.

Advertisement
Allied Insurance — Square (box)

މީގެ އިތުރުން ސާބިތު ހަރަދު ދައްކަން ޖެހޭ ފަރާތުގެ މުސާރައިން އުނިކުރުމަށްފަހު ކޯޓަށް ޖަމާ ކުރުމަށް މި އަހަރުގެ މިހާތަނަށް ތިން މައްސަލައެއް ނިންމާފައިވާއިރު 2020 ވަނަ އަހަރު 8 މައްސަލަ އަދި 2021 ވަނަ އަހަރު 14 މައްސަލަ ވަނީ ނިންމާފައެވެ.

އަދި ސާބިތު ޚަރަދު ދައްކަން ޖެހޭ ފަރާތުގެ މުސާރައިން އުނި ކުރުމަށްފަހު ކޯޓަށް ޖަމާ ކުރުމަށް 2022 ވަނަ އަހަރު 19 މައްސަލަ ވަނީ ނިންމާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް