ޚަބަރު ސިޔާސީ

މި ސަރުކާރުން ކޮށްދިން ކަންކަމާއި ދިމާވި ދަތިތައް ރައްޔިތުންނަށް ކިޔައިދޭން ޖެހޭ: ރައީސް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި، ސަރުކާރުން ރައްޔިތުންނަށް ކޮށްދިން ކަންކަމާއި، ވަޢުދުތައް ފުއްދުމުގައި ދިމާވި ދަތިތައް ރައްޔިތުންނަށް ކިޔާ ދިނުމަކީ މުހިންމު ކަމެއް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް ޞާލިޙުގެ ރިޔާސީ ކެމްޕެއިނުގައި، އިއްޔެ ވަނީ ގަލޮޅު ދެކުނުގެ ރައްޔިތުންގެ ގޭގެއަށް ޒިޔާރާާތް ކުރައްވައިފައެވެ.

"ދޮރުން ދޮރަށް" ހަރަކާތަށްފަހުގައި، މީޑިއާއާ ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމަށާއި، އަމާޒަކީ 2018 ވަނަ އަހަރު ހޯދި ކާމިޔާބީ ތަކުރާރު ކުރުން ކަމަށެވެ.

"މީގަ އޮންނާނީ މަސައްކަތް ކުރުން. މަސައްކަތް ނުކޮށެއް ކާމިޔާބެއް ނުލިބޭނެ. އަޅުގަނޑުމެން ކޮށްފަ ހުރި ކަންތައްތައް ކިޔައިދޭން ޖެހޭނެ."

ރައީސް ވަނީ މާލޭގެ ގަލޮޅު އުތުރުގެ ގިނަ ބައެއްގެ ތާއީދު އެމަނިކުފާނަށް ލިބޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.

އިއްޔެގެ ދޮރުން ދޮރަށް ހަރަކާތުގައި އެ ދާއިރާގެ އެމްޑީޕީގެ މެމްބަރު، މީކާއިލް ނަސީމާއި މާލޭގެ ކޯޑިނޭޓަރު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ބައިވެރިވެވަޑައިގެންނެވިއެވެ.

މި ހަރަކާތުގައި ރައީސް ޞާލިޙު ވަނީ އެ ދާއިރާގެ ގެތަކަށް ޒިޔާރަތް ކުރައްވައި ރައްޔިތުންގެ ހާލު އޮޅުންފިލުއްވައިފައެވެ.

 

Ads by Ooredoo
  1. ރައްޔިތަކައް ކިހިނެތް ކިޔާދެވޭނީ ނޫސްވެރިންވިކުނީމާ

  2. އާދަމް

    އިގުތިޞާދު ކޮޅަށް ޖެހުމަށްޓަކައި ކޮތަޅުން ފީނެގިވާހަކަވެސް