ޚަބަރު

ސުލޫކީ މައްސަލައަކާއި ގުޅިގެން މެޖިސްޓްރޭޓް ރަފީޢުއްދީން ސަސްޕެންޑުކޮށްފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ސުލޫކީ މައްސަލައަކާއި ގުޅިގެން މެޖިސްޓްރޭޓް ރަފީޢުއްދީން ސަސްޕެންޑުކޮށްފިއެވެ.

Ads by MWSC

މަޢުލޫމާތުލިބޭ ގޮތުގައި، އައްޑޫ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ މަޤާމުގައި ހުންނެވި ރަފީއުއްދީން މަޤާމުން ސަސްޕެންޑުކޮށޤފައިވަނީ މައްސަލައެއްގެ އަޑުއެހުންތައް ނިންމުމަށްފަހު ޙުކުމް ނުކޮށް ގާތްގަނޑަކަށް ދޮޅު އަހަރު މަޑުކުރެއްވި މައްސަލައެއްގައެވެ.

ރަފީއުއްދީން ސަސްޕެންޑްކުރީ އަވަސްނިޔާގެ އަޑުއެހުމުގައި މައްސަލައެއްގައި ބަޔާންތަކުގައި ސޮއިކުރެވިފައި ނުވާތީ، އެހެން ދުވަހަކަށް ޙުކުމް ކުރުމަށް ތާވަލުކުރާނެކަމަށް ޝަރީޢަތުން ބުނެ، އެ މައްސަލައިގެ ޙުކުމް ކުރުމަށް ތާވަލުނުކޮށް އެއް އަހަރާއި ފަސް މަހާއި 19 ދުވަސް ހޭދަކޮށްފައިވާތީ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން (ޖޭއެސްސީ) އިން ބުނެފައިވެއެވެ.

އެގޮތުން، ރަފީއްއްދީން ވަނީ މައްސަލަގައި ޙުކުމް ކުރުމަށް ތާވަލުކޮށް، ދަޢުވާ ލިބޭ ފަރާތް ރަށުގައި ނެތުމުގެ ސަބަބުން ޙުކުމް ކުރުމުގެ މަޖިލިސް ކެންސަލް ކޮށްފައިކަމަށާއި، އެ މައްސަލައިގެ ޙުކުމްނުކޮށް އޮއްވައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މައްސަލަ އަނބުރާ ފޮނުވައި ދިނުމަށް އެދުމުން މައްސަލަ އަނބުރާ ފޮނުވައިދީފައިވާކަން ތަޙްޤީޤަށް ހޯދުނު ލިޔެކިޔުންތަކާއި ބަޔާންތަކުން އެނގެން ވެސް އޮތް ކަމަށްވެސް ޖޭއެސްސީއިން ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން އެ މައްސަލައިގައި ކަން ހިނގާފައިވާގޮތަށް ބަލާއިރު، ޤަޟިއްޔާގެ ޙުކުމް ކޮށްފައި ނުވަނީ މެޖިސްޓްރޭޓް ރަފީޢުއްދީންގެ އިހުމާލެއް އޮވެގެން ކަމަށް ސާބިތުވާތީ، އޭނަގެ އެ ޢަމަލަކީ،

އެހެންވެ ޤަޟިއްޔާގެ ޙުކުމް ކޮށްފައި ނުވަނީ މެޖިސްޓްރޭޓް ރަފީޢުއްދީންގެ އިހުމާލެއް އޮވެގެން ކަމަށް ސާބިތުވާތީ، އޭނަގެ އެ ޢަމަލަކީ، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާ އާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ޚިލާފަށްކޮށްފައިވާ ޢަމަލެއް ކަމަށް ނިންމައި، މިއަދުން ފެށިގެން ރަފީޢުއްދީން ވަޒީފާއަށް ނުނިކުމެ ހަފުތާއަކަށް ސަސްޕެންޑް ކުރުމަށް އިއްޔެ ބޭއްވުނު ޖޭއެސްސީގެ 46 ވަނަ ޖަލްސާގައި ވަނީ ނިންމައިފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!