ޚަބަރު ސިޔާސީ

ޑޮލަރުން ތަޅާ ބަލިކޮށްގެންވެސް ރައީސް ޞާލިޙް އިންތިޚާބު ކުރާނަން: ޖާބިރު

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ޑޮލަރުން ތަޅާ ބަލިކޮށްގެންވެސް ރައީސް ޞާލިހު އިންތިޚާބު ކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ވިދާޅުވެއްޖެއެވެ.

Ads by MWSC

ޖާބިރު މިހެން ވިދާޅުވީ، އެމްޑީޕީއާ އެމަނިކުފާނު ގުޅުނު ފަހުން ފުރަތަމަ ފަހަރަށް އެ ޕާޓީގެ ޖަލްސާއެއްގައި ކ ގކ ގުޅިއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅެއްގައެވެ. ކ. ގުޅީގެ އެމްޑީޕީ މެމްބަރުންނާއެކު ކުރިއަށް ގެންދިޔަ މި ޖަލްސާގައި ރައީސް ޞާލިޚުގެ އަރިހުގައި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި، ކެބިނެޓުގެ ވަޒީރުންނާއި، މަޖިލީހުގެ މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޖާބިރު ވިދާޅުވިގޮތުގައި، ރައީސް ޞާލިހުގެ ތަސައްވަރަކީ އަމާން ސުލްހަވެރިކަމާއިއެކު ރައްޔިތުންގެ ފުދުންތެރިކަން އިތުރު ކުރުމެވެ. އަދި ރާއްޖޭގެ އިޤްތިޞާދު އިތުރު ކުރުމަށް ރައީސް ގެންގުޅުއްވާ ތަސައްވަރަކީ ވަރަށް ބޮޑަށް ތާއީދު ކުރެވޭ ތަސައްވަރެއް ކަމަށާއި އެމްޑީޕީއާއި ގުޅުނު އެންމެ ބޮޑު ސަބަބަކީ ރައީސް ޞާލިހު ވެރިކަމަށް އިންތިޚާބު ކޮށް ދެއްވުންކަމަށެވެ.

"އަޅުގަނޑުމެން ރައީސް ޞާލިހު އިންތިޚާބު ކުރާނީ އެއްބުރުން. އަޅުގަނޑު ވަރަށް ސާފުކޮށް މިދަންނަވަނީ ޑޮލަރުން ތަޅާ ބަލިކޮށްގެންވެސް ރައީސް ޞާލިހު އިންތިޚާބު ކުރާނަމޭ". ޖާބިރު ވިދާޅުވިއެވެ.

ރައީސް ޞާލިޙުއަށް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދެއްވުމަށް ކުރަންޖެހޭ ކޮންމެ ކަމެއްވެސް ކޮށްދެއްވާނެކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި ރާއްޖެއަށް ރައީސް ޞާލިހުގެ ވެރިކަމުގައި އައިސްފައިވާ ތަރައްޤީއަށް ތައުރީފް ކުރައްވަމުން ޖާބިރު ވިދާޅުވީ، ކޯލިޝަން ޕާޓްނަރު ސަން ޓްރެވަލް ސިޔާމް ރައީސް ޞާލިހް އާއިއެކު އިންނެވުމަކީ މިއިންތިޚާބު ކާމިޔާބު ކުރުމަށް ލިބިގެންދާ އިތުރު ފަސޭހައެއް ކަމަށެވެ.

Ads by HDC
  1. އެކުވެރި

    ފުރަތަމަ ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ދައްކަން ވީނު

  2. aminath

    ތިވަރަށް ޑޮލަރު ހުރެެމެ ފަޤީރަކަށް އަތެއް ދިއްކޮލަަން ފަސްޖެހެނީ ކީއްވެ.

  3. ޢަހުމަދު

    ޖާބިރު ތިދައްކަނީ ވ ހަޑި ވާހަކައެއް ރިޝްވާތާއި އެހެން މީހުން ނިކަމެތި ކޮށްލުމުގެ ގޮތުން ބުނާާވާހަކައެއް

  4. އަހުމަދު

    މިކަހަލަ ގޮތެއް ފޮތެއް ނެތް މީހުންނަށް ގޮނޑިވިއްކުމާއި، އެފަދަމީހުނަށް ސަމާލުކަން ދިނުމާއި އެފަދަ މީހުންގެ މައްސަލަތައް ނުބަލާ ޖޯކަކަށް ހެދުންފަދަ ހުތުރު ގޮތްތައް ދޫކޮށްގެން މެނުވީ އަބުރުވެރި ތަހުޒީބު މުޖުތަމައުއެއް ބިނާއެއް ނުކުރެވޭނެ.