ޚަބަރު ސިޔާސީ

ޖާބިރު ރައީސް ނަޝީދާއި އީވާއަށް: ވަގުތު ފާއިތުވެއްޖެ, ޢަދާވާތްތެރިކަމުގައި ކެއްކޭނެ ރިހައެއް ނޯންނާނެ

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނައިބް ރައީސް އީވާ އަބްދުﷲ އެ މަގާމުތަކަށް ގެނައުމަށް ބޮޑު ހޭދައެއް ކުރުމުން އެމްޑީޕީގެ ޢަދާވާތްތެރިންނާ ގުޅިގެން އުޅޭކަމަށް އެމްޑީޕީއަށް ނިސްބަތްވާ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ޖާބިރު މިހެން ވިދާޅުވީ، އެމްޑީޕީއާ އެމަނިކުފާނު ގުޅުނު ފަހުން ފުރަތަމަ ފަހަރަށް އެ ޕާޓީގެ ޖަލްސާއެއްގައި ކ. ގުޅިއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅެއްގައެވެ. ކ. ގުޅީގެ އެމްޑީޕީ މެމްބަރުންނާއެކު ކުރިއަށް ގެންދިޔަ މި ޖަލްސާގައި ރައީސް ޞާލިޚުގެ އަރިހުގައި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި، ކެބިނެޓުގެ ވަޒީރުންނާއި، މަޖިލީހުގެ މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޖާބިރު ވިދާޅުވީ ސިޔާސީ ދާއިރާގައި ރައީސް ނަޝީދާއި އީވާ، އެމްޑީޕީން ވަކިވެވަޑައިގެން އެމްޑީޕީގެ ޢަދާވަތްތެރިންނާ ގުޅިވަޑައިގަތުމަކީ ހިތާމަހުރި ކަމެއްކަމަށާއި އެއީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"ވާދަވެރިންނާއި އަދާވާތްތެރިން އެއީ ދެބައެއް. އެ ބޭފުޅުން އެތިއްބެވީ އަދާވަތްތެރިން ގުޅިގެން…. ޢަދާވާތްތެރިކަމުގައި ކެއްކޭނެ ރިހައެއްވެސް ނޯންނާނެ" ރައީސް ނަޝީދާއި އީވާއަށް ފާޑު ވިދާޅުވަމުން ޖާބިރު ވިދާޅުވި އެވެ.

ޖާބިރު އިތުރަށް ވިދާޅުވީ، ރާއްޖޭގައި މިއޮތް ޑިމޮކްރަސީ ފަހަތަށް ދިއުމަށް ބޭނުންވާ ރައްޔިތަކު ނޫޅޭކަމަށާއި، ރާއްޖޭގެ ރައްޔިތުން މިއަދު ބޭނުންވަނީ އެމްޑީޕީން މިގައުމަށް ގެނައި ޑިމޮކްރަސީ ކަމަށެވެ. އަދި ރާއްޖޭގެ ރައީސް ކަމަށް ރައީސް ޞާލިޙް އިތުރު ދައުރަކަށް އިންތިހާބުކުރެއްވުމަށް ޖާބިރު ހުންނެވީ ތައްޔާރަށް ކަމަށާއި އެމްޑީޕީއާއި ގުޅުނު އެންމެ ބޮޑު ސަބަބަކީ ރައީސް ޞާލިހު ވެރިކަމަށް އިންތިޚާބު ކޮށް ދެއްވުންކަމަށެވެ.

"އަޅުގަނޑުމެން ރައީސް ޞާލިހު އިންތިޚާބު ކުރާނީ އެއްބުރުން. އަޅުގަނޑު ވަރަށް ސާފުކޮށް މިދަންނަވަނީ ޑޮލަރުން ތަޅާ ބަލިކޮށްގެންވެސް ރައީސް ޞާލިހު އިންތިޚާބު ކުރާނަމޭ". ޖާބިރު ވިދާޅުވިއެވެ.

ރައީސް ޞާލިޙުއަށް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދެއްވުމަށް ކުރަންޖެހޭ ކޮންމެ ކަމެއްވެސް ކޮށްދެއްވާނެކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި ރާއްޖެއަށް ރައީސް ޞާލިހުގެ ވެރިކަމުގައި އައިސްފައިވާ ތަރައްޤީއަށް ތައުރީފް ކުރައްވަމުން ޖާބިރު ވިދާޅުވީ، ކޯލިޝަން ޕާޓްނަރު ސަން ޓްރެވަލް ސިޔާމް ރައީސް ޞާލިހް އާއިއެކު އިންނެވުމަކީ މިއިންތިޚާބު ކާމިޔާބު ކުރުމަށް ލިބިގެންދާ އިތުރު ފަސޭހައެއް ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!