ޚަބަރު ސިޔާސީ

ކެމްޕޭނަށް ރައީސް މީމު އަތޮޅާއި ވާވު އަތޮޅަށް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އަންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މ. އަތޮޅަށާއި ވ. އަތޮޅަށް ކުރައްވާ ދަތުރުފުޅަށް ފުރާވަޑައިގެންފިއެވެ.

Ads by MWSC

މިދަތުރުފުޅުގައި އެމަނިކުފާނުގެ ވަޑައިގަންނަވާނީ މ. ކޮޅުފުށި، ނާލާފުށި، މުލި އަދި މުލަކަށެވެ. އޭގެ ފަހުގައި ވ. ރަކީދޫ، ކެޔޮދޫ، ފެލިދޫ، ތިނަދޫ އަދި ފުލިދޫއަށް ވަޑައިގަންނަވާނެއެވެ.

ރިޔާސީ އިންތިހާބުގެ ވަގުތު ކައިރިވަމުން އަންނަ އިރު ޕާޓީތަކުގެ ކެމްޕޭން ފޯރިވަނީ ގަދަވެފައެވެ. މިގޮތުން ރައީސް ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކ. ގުރައިދޫ ދާއިރާއަށްވެސް މިދިޔަ ހަފްތާގައި ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ. އަދި މާފުށީގައި ވަނީ ކެމްޕޭން ޖަލްސާއެއް ވަނީ ބާއްވައިފަ އެވެ. މިޖަލްސާގައި އަންނަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނުގެ ކޯލިޝަންގެ ބައިވެރިން ވަނީ ބައިވެރިވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!