Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އަދާލަތާއި އެމްޑީއޭ ކޯލިޝަންއާއެކު ރައީސް ޞާލިޙް ނިކުންނެވުމުން ވާދަކޮށްލެވޭނެ ވާދަކޮށްލެވޭނެ ކެންޑިޑޭޓެއް ވުޖޫދުގައި ނެތް: މައުރޫފް

އަދާލަތާއި އެމްޑީއޭ ކޯލިޝަންއާއެކު ރައީސް ޞާލިޙް ނިކުންނެވުމުން ވާދަކޮށްލެވޭނެ ވާދަކޮށްލެވޭނެ ކެންޑިޑޭޓެއް ވުޖޫދުގައި ނެތް: މައުރޫފް

އަދަލާތު ޕާޓީއާ އެމްޑީއޭއާއި އެމްޑީޕީ އެކުވުމުން, އިތުރު ބަޔަކަށް ކޯލިޝަން ހަދައިގެން، އެމީހުން ބަލިކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.

މ. މުލަކުގައި ހޮނިހިރު ދުވަހުގެ ރޭ އޮތް "އުފާވެރި އަމާން ރާއްޖެ" ކެމްޕޭން ޖަލްސާގައި މައުރޫފް ވިދާޅުވީ ރައީސް ސާލިހާ ވާދަކުރާނެ ކެންޑިޑޭޓެއް ނެތްކަމަށާއި، އެ ފެންވަރުގެ ކެންޑިޑޭޓެއް ވެސް ނެތް ކަމަށެވެ. ގިނަ ކޯލިޝަންތަކެއް ވުޖޫދުވިއިރު އެ ކޯލިޝަނުން ހޮވި ރައީސުންގެ ނާގާބިލުކަން ފެނުނުކަމަށް މައުރޫފް ވިދާޅުވިއެވެ.

ރައީސް ޔާމީނާއެކު އެމްޑީއޭއިން ކޯލިޝަން ހެދިއިރު އެކަންވީ ބޮޑު މުސީބާތަކަށް ކަމަށް މައުރޫފް ވިދާޅުވިއެވެ. ގާބިލުކަމަކީ ވެރިކަމަށް ކުރިމަތިލާ މީހާ މީހުންނާއެކު އުޅެން ދަސްކުރުންކަން ފާހަގަކުރައްވައި މައުރޫފް ވިދާޅުވީ، މިއަދު ފެންނަނީ ރީތި ނަމޫނާއެއް ކަމަށެވެ.

Advertisement
HDC — Sidebar (box)

މައުރޫފް ވަނީ އިދިކޮޅު ޕީޕީއެމަށްވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ދެއްކުމަށް ގޮވާލައްވާފައެވެ. އަދި މީހަކަށް ހުސްވެގެން ދިޔުމަކީ އޮންނަންޖެހޭ ގޮތް ނޫން ކަމަށް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ފަޚުރުވެރިކަމާއެކު، އެމްޑީޕީ ދޫނުކުރައްވާނެ ކަމަށް ވިދާޅުވިކަމަށާއި، އެއީ ސިޔާސީ ބޭފުޅުންގެ ވިސްނުންފުޅު ނޫން ކަމަށެވެ. އަދި ސިޔާސީ ގަޓުހުރި ރައީސުން ގޮތްވެސް ނޫން ކަމަށެވެ.

ރައީސް ސާލިހު އެމްޑީޕީ ދޫކޮށް ދުވަހަކުވެސް ވަޑައިނުގަންނަވާނެ ކަމަށާއި ރާއްޖޭގައި އެމްޑީޕީއާ ވާދަކުރެވޭނެ ސިޔާސީ ޕާޓީއެއް ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ސަލީހަކީ ގަޔާވާ ޝަޚުސިޔަތެއް ކަމަށާއި، އެއީ މަޑުމައިތިރި ބޭފުޅެއްކަމަށް މައުރޫފް ވިދާޅުވިއެވެ. 2018 ނިމުމުގެ ކުރިން ރައީސާއެކު ކޯލިޝަން ހެދިކަމަށް މައުރޫފް ވިދާޅުވިއެވެ. އެ އަހަރު ސިއްރު ބައްދަލުވުމެއް އެމްޑީއޭއިން ބާއްވައި، ރައީސާއެކު ތިބިކަމަށް އޭރުވެސް ދެންނެވި ކަމަށް މައުރޫފް ވިދާޅުވިއެވެ.

ރައީސް ކުރައްވާ މަސައްކަތުގައި ކުރިއަށް ދިޔުމަށް މައުރޫފް ވަނީ އެދިވަޑައިގެންފައެވެ. ރައީސްގެ ދެވަނަ ދައުރުގައި ރާއްޖޭގެ ދައުލަތުގެ ބަޖެޓް ދެގުނަ ކޮށްދޭނެ ކަމަށް މައުރޫފް ވިދާޅުވިއެވެ. ރައީސް ދެވަނަ ދައުރަކަށް ހޮވުމުގެ ބުންވަރު ކޯލިޝަނުގައި އެބަހުރި ކަމަށާއި، ރައީސް ރިކެޓް ނުކުރެއްވުމަށް މައުރޫފް ވިދާޅުވިއެވެ. އަދި ކޯލިޝަނުން ޑިފެންސަށް ކުޅެން ތިބިކަމަށް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް