އޮސްޓްރޭލިއާ ދުނިޔެ

އޮސްޓްރޭލިއާގެ ގޮނޑުދޮށަށް ލައްވި އެއްޗަކީ ކޯއްޗެއްކަން ދެނެގަނެފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އިއްޔެ މީޑިއާތަކުގައި ފެތުރު ޚަބަރަކީ އޮސްޓްރޭލިއާގެ ގޮނޑުދޮށަކަށް ގޮތްނޭނގޭ ބޮޑުއެއްޗެއް ލައްވިވާހަކައެވެ. މިއާއެކު މިއެއްޗަކީ ކޯއްޗެއްކަން ދެނެގަތުމުގެ މަސައްކަތްކަމާ ބެހޭ ފަރާތްތަކުން ވަނީ ފަށާފައެވެ.

Ads by Sosun Fihaara

ބޮޑު މެޓަލް "ގުނބުގަނޑެއް" ކަހަލަ މިއެއްޗަކީ ހަމަ ޔަގީނުން ވެސް ރޮކެޓެއްގެ ބައެއް ކަމަށް އިންޑިއާގެ ސްޕޭސް ޗީފް ސޮމަނަތު ވަނީ ބުނެފައެވެ.

އެހެންނަމަވެސް އެއީ އިންޑިއާގެ އެއްޗެއްކަން ނުވަތަ ނޫންކަން ބުނަން އެނގޭނީ ޓެސްޓްތަކަށް ފަހު ކަމަށް އޭނާވަނީ ބުނެފައެވެ.

ގާތްގަނޑަކަށް 2.5 މީޓަރު ފުޅާ އަދި 2.5 މީޓަރާއި 3 މީޓަރާއި ދެމެދުގެ ދިގުމިނުގައި ހުންނަ މި ސިލިންޑަރަލް އެތީގެ އަސްލާމެދު ގިނަބައެއް ހިޔާލުތަފާތު ވެފައިވާއިރު ބައެއް މީހުން ފުރަތަމަ ހީކުރި ގޮތުގައި މިއީ 2014 ވަނަ އަހަރު 239 ފަސިންޖަރުންނާއެކު ގެއްލުނު މަތިންދާބޯޓެއް ކަމަށްވާ އެމްއެޗް370 ގެ ބައެކެވެ.

އެހެންނަމަވެސް އޭވިއޭޝަން ގެ ތަޖުރިބާކާރުން ސާފުކޮށްދިން ގޮތުގައި އެ އެއްޗަކީ ކޮމާޝަލް މަތިންދާ ބޯޓެއްގެ އެއްޗެއް ނޫން ކަމަށާއި އެއީ ކޮންމެވެސް ދުވަސްވަރެއްގައި އިންޑިއާ ކަނޑުގެ ތެރެއަށް ވެއްޓުނު ރޮކެޓެއްގެ ފިއުލް ޓޭންކެއް ކަމަށް ބެލެވޭ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!