ޚަބަރު ސިޔާސީ

ރައީީސް ނަޝީދާއި، ޤާސިމާއި ނާޒިމް ބައްދަލު ކުރައްވަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް، އެމްއެންޕީގެ ރައީީސް މުޙައްމަދު ނާޒިމް، އާ ސިޔާސީ ޕާޓީއެއް އުފައްދަވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ބައްދަލުކުރައްވަން ނިންމަވައިފިއެވެ.

Ads by STELCO

މި ތިން ބޭފުޅުންގެ މި ބައްދަލުވުން ކުރިއަށް ދާނީ ޖޭޕީގެ މައި ހަރުގެ، މ.ކުނޫޒުގައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ބައްދަލުވުން އޮންނާނީ މެންދުރުފަހު 1:00 ގައެވެ.

ސަރުކާރާއި އިދިކޮޅަށް މަސައްކަތް ކުރައްވަމުން ގެންދަވާ ތިން ލީޑަރުން ބައްދަލު ކުރައްވަން ނިންމެވިއިރު، ނާޒިމާއި ޤަަސިމް އިއްޔެވެސް ބައްދަލުކުރެއްވިއެވެ. ސަން އައިލެންޑު ރިސޯޓުގައި ކުރިއަށްދިޔަ އެ ބައްދަލުވުމުގައި މަޝްވަރާކުރި ކަންކަމުގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!