ޚަބަރު ސިޔާސީ

އިދިކޮޅުން ވެރިކަން ބޭނުންވީމައި އެމީހުން ހިންގި ޖަރީމާތަކުގައި މަތިއަޅަން ކިތަންމެ ކޮހެއްވެސް ގޮވާނެ: އިޔާޒު

އާއިޝަތު ޝައުނާ ، ދެން އޮންލައިން

އިދިކޮޅުން ވެރިކަން ބޭނުންވީމައި އެމީހުން ހިންގި ޖަރީމާތަކުގައި މަތިއަޅަން ކިތަންމެ ކޮހެއްވެސް ގޮވާނެކަމަށް ޑރ. މުޙައްމަދު އިޔާޒު ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އިޔާޒު ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވެފައި ވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރެއިން ހއ.އަތޮޅަށް ރައީސް ޞާލިޙް މިއަދު ވަޑައިގެން އެ އަތޮޅު ހޯރަފުށީގައި، އެމްޑީޕީ މެމްބަރުންނާއި ރައީސް ޞާލިޙަށް ތާއީދުކުރައްވާ ބޭފުޅުންނާއި އެކު ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅަކާއި ގުޅުވައިގެންނެވެ.

އެގޮތުން ކޮވިޑްގެ ޕެންޑެމިކްގެ ތެރޭގައި ސަރުކާރަށް ކުރިމަތިލާންޖެހުނު ކަންތައްތަކަށް އަލިއަޅުވައިލައްވަމުން ރައީސް ޞާލިޙު ވިދާޅުވީ ރައްޔިތުން މާޔޫސްކުރުވާ ސަރުކާރާމެދު ރައްޔިތުން ނަފުރަތު އުފެއްދުމަށް ކެނޑިނޭޅި ވާހަކަތައް ފަތުރަމުން ދިޔަ ކަމަށެވެ.

"ކޮވިޑްގެ ތެރޭގައި ހާދައުނދަގުލެއް އަޅުގަނޑުމެންނަށް ކުރިމަތިވިއޭ. އެހެންގޮތަކަށް ބުނާނަމަ، ހާދަ ޖެއްސުމެއް ކުރިއޭ. އުންމީދެއް ނެތްކަމަށްދެކި، އަޅުގަނޑުމެން ނެތިދަނީކަމަށް ދެކި ވާހަކަތައް ދައްކަމުންދިޔަ. ބައެއް ސިޔާސީ ލީޑަރުން ނިކުމެ ވިދާޅުވީ ރިސޯޓްތަކުގެ ބަދިގެތަކުގައި ދެންވީ މަސްކައްކަންށޭ، ރިސޯޓްތަކުގައި ވީ ދަނޑުވެރިކަމޭ ކުރަން، މިރާއްޖޭގެ ޓޫރިޒަމް ހަލާކުވެ ދިޔައިއްޔޭ." ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ކޮވިޑްގެ ވަބާއާއި ގުޅިގެން އެދުވަހު ބައެއް ސިޔާސީ ލީޑަރުން ބުނިގޮތަށް ރިސޯޓްތަކުގެ ބަދިގެތައް މަސްކައްކާ ތަނަކަށް ހެދިނަމަ ދެންވާނެގޮތަކާ މެދު ސުވާލުވެސް އުފައްދަވައިފައެވެ. އަދި އެ ސިޔާސީ ލީޑަރުންގެ ވާހަކަތަކަކީ ފިތުނައާ ފަސާދައާ ދެކޮޅުވެރިކަން އުފެއްދުމަށް ދެއްކި ވާހަކަތަކެއް ކަމަށްވެސް ރައީސް ޞާލިޙު ވިދާޅުވިއެވެ.

މިކަމާ ގުޅުވައިގެން އިޔާޒު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ އިދިކޮޅު ފަރާތްތަކުން ވެރިކަން ބޭނުންވީމައި އެބައިމީހުން ހިންގާފައިވާ ޖަރީމާތަކުގައި މަތިއަޅަން އެފަދަ ކިތަންމެ "ކޮހެއް"ވެސް ގޮވާފައި ހުންނާނެކަމަށާއި އަދި ކުރިއަށް އޮތް ތަނުގައިވެސް ގޮވާނެކަމަށެވެ.

މީގެ އިތުރުން، އެފަދަ ކިތަންމެ "ކޮހެއް" ގޮވިޔަސް ކާމިޔާބު ލިބޭނީ އިޚްލާޞްތެރިކަމާއެކު ކުރާ މަސައްކަތްތަކަށްކަމަށް އިޔާޒު ވިދާޅުވެފައިވެއެވެ.

  1. ޢިޔަޒު އަކީވެސްސީދާ ދެފުއްކެހެރި އެއް