ދުނިޔޭގެ ހުރިހާ ބޭންކަކުން އަޅުގަނޑު ވާނީ ލާރި ނަގާފައި, ދިވެހި ސަރުކާރުން ފައިސާ ދައްކަން ރިކުއެސްޓެއް ނުކުރަން: ޝިޔާމް
ސަން ޓްރެވަލްގެ މައްޗަށް ސިންގަޕޫރުގެ އާބިޓްރޭޝަނަނުން ހިލްޓަން އިންޓަރނޭޝަނަލްއަށް ބަދަލުގެ ގޮތުގައި ދޭން ހުކުމްކޮށްފައިވާ 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ދިވެހި ސަރުކާރުން ރިކުއެސްޓްކޮށްފައި ނޯންނާނެ ކަމަށް އެމްޑީއޭގެ ރައީސް, ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ސިޔާމްގެ މިރޭ ވިދާޅުވެއްޖެއެވެ.
ސިންގަޕޫރުގެ އާބިޓްރޭޝަނަނުން މިއަދު ހުކުމްކޮށްފައިވަނީ 370 މިލިއަން ރުފިޔާ ތިން މަސް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ. މި ފައިސާ ދިވެހި ސަރުކާރުން ދައްކައިދޭން އުޅޭ ކަމަށް ބައެއް ނޫސްތަކުން މިއަދު ވަނީ ރިޕޯޓްކޮށްފައެވެ.
"ލާރި އަޅުގަނޑަކަށް ދިވެހި ސަރުކާރަކުން ދައްކާފައެއް ނެތް, އަދި ދައްކަން ރިކުއެސްޓެއް ވެސް ނުކުރަން" މިރޭ ރާއްޖެ ވަޑައިގަތުމުން އެކަމާ ގުޅޭ ގޮތުން ނޫސްވެރިޔަކު ސުވާލު ކުރުމުން ޝިޔާމް ވިދާޅުވިއެވެ.
އަޅުގަނޑު ލާރި ހޯދަނީ ދުނިޔޭގެ އެކި ބޭންކްތަކުން. އަޅުގަނޑަކީ ދުނިޔޭގެ ހުރިހާ ބޭންކަކުން ލާރި ނާގާފައި ހުރި މީހެއް. ޔޫރަޕިއަން ބޭންކް, އެއީ 21 ޤައުމު ހިމެނޭ ބޭންކްތަކެއް, އެ ބޭންކްތަކުން ވެސް އަޅުގަނޑު ވާނީ ވަރަށް ގިނަ ލާރި ނަގާފައި, އެގްޒިމް ބޭންކުން ވަނީ ލާރި ނަގާފައި, އަދި ފްރާންސް ސަރުކާރުން ވެސް ވަނީ ލާރި ނަގާފައި, އެއްވެސް ދިވެހި ރައްޔިތަކަށް, އަދި ސަރުކާރަށް ވެސް ނުދޭ ބޭންކްތަކުން އަޅުގަނޑަށް ވަނީ ލޯނު ދީފަ. އެއީ އިތުބާރުކޮށްފައި, އަޅުގަނޑުގެ ހިސްޓްރީއާއި ރެޕިއުޓޭޝަން ބަލާފައި
ޝިޔާމް އިތުރަށް ވިދާޅުވީ, އެމަނިކުފާނު ދައްކަވަން ޖެހޭ ފައިސާއެއް ދިވެހި ސަރުކާރުން ދައްކަވަން ނުޖެހޭނެ ކަމަށާއި, އެމަނިކުފާނަކީ ވިޔަފާރިވެރިއެއް ކަމުން އެކަން ކުރައްވާނީ އަމިއްލައަށް ކަމަށެވެ. އަދި ފައިސާ ދައްކަވާނެތޯ ސުވާލު ކުރުމުން ޝިޔާމް ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާނީ ލޯޔަރުން ކަމަށެވެ.
ދިވެހިންނަށް ހުތުރު ނާރުވާ ތިހުރިހާ ލޯނެއް ދައްކަބަ ކިހާ ދެރަކަމެއް. ދުނިޔޭގެ ހުރިހާ ބޭންކަކުން ލޯނުނަގާ، ލޯނު ނުދައްކާހުރެ އެވާހަކަ ދެއްކުމަކީ މާސަޅިކަމެއް ނޫނޭ. ދުނިޔޭގެ ކޯޓުތަކުން އެފއިސާ ކަލޭ އަތުން ހޯދަން ކޯޓުތަކަށް ދެމުމަކީ މާރީތި ކަމެއްވެސް ނޫން. މާތްކަލާކޯ ތި ދަރަނި ދައްކާ.
އަޅެ ކަލޭ ނަގާލޯނަކާ އޭނަވެސް ނުބެހެއެއްނު. ކަލޭ އެފެންވަރުގެ ލޯނުނަގާފަ ނުދެއްކުނަސް ދެއްކޭ ފެންވަރުގެ މީހުންވެސް އުޅެޔޭ.