އެންމެ ކުށް މަދު ފަސް އަހަރު ކަމަށް ބުނުމުން، ވައްޑޭ ފާޑުވިދާޅުވެއްޖެ
ރައީީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ފަސް އަހަރު ދުވަހަކީ، ތާރީޚުގައި ވެސް އެންމެ ކުށް މަދު ފަސް އަހަރު ކަމަށް އެމަނިކުފާނު ވިދާޅުވުމުން، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު(ވައްޑޭ) ފާޑު ވިދާޅުވެއްޖެއެވެ.
ވައްޑޭ ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވީ، އެންމެ ކުށް މަދު ފަސް އަހަރު ކަމަށް ބުނަނީ އޮޅުވާލައިގެން ކަމަށެވެ.
"ލޮކްޑައުންގައި އޮތް ދޮޅުއަހަރު ނުހިމަނާ އަޅާކިޔައިފި ނަމަ، ކުށްކުރުން ވީ ގިނަ." އޭނާ ވިދާޅުވިއެވެ.
މިދިޔަ ފަސް އަހަރަކީ ރާއްޖޭގެ ފަހުގެ ތާރީޚު ދުށް އެންމެ ކުށް މަދު ފަސް އަހަރުކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރިއަށް މި އޮތް ފަސް އަހަރުގައި މި އިންސައްތަ މިއަށްވުރެވެސް ދަށް ކުރައްވާނެ ކަމުގައެވެ.
އަދި މިދިޔަ ފަސް އަހަރުގައި ހާސިލުވި ތަރައްގީގެ ބިންގަލަކީ މިއޮތް ސުލްހަވެރިކަމާއި އަމާންކަން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
”މިދިޔަ 5 އަހަރަކީ ރާއްޖޭގެ ފަހުގެ ތާރީޚު ދުށް އެންމެ ކުށް މަދު ފަސް އަހަރު. އިރާދަކުރެއްވިއްޔާ އުފާވެރި އަމާން ރާއްޖޭގެ ކުރިއަށް މި އޮތް 5 އަހަރުގައި މި އިންސައްތަ މިއަށްވުރެވެސް ދަށް ކުރާނަން.“ ދެވަނަ ދައުރެއް ހޯއްދަވަން ކެންޕޭން ކުރައްވަމުން ގެންދަވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވިއެވެ.
ރައީސް ޞާލިޙު މިހެން ވިދާޅުވި ނަމަވެސް، މިއީ ރާއްޖޭގެ ތާރީޚުގައި އެންމެ ކުށްތައް ގިނަ ފަސް އަހަރު ކަމަށް ފާޑުކިޔާ މީހުން ބުނެއެވެ.
ކުއްކުރުވުމަކީ މދޕގެ މަޤު