ޚަބަރު

ސިއްޙީ ފަރުވާ ނުނިމޭތީ، މުއްދަތު އިތުރު ކުރުމަށް އަދީބު އެދިއްޖެ

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ސިއްޙީ ފަރުވާއަށް 10 ދުވަހުގެ ހުއްދައެއް ލިބިގެން މި މަހު 11 ވަނަ ދުވަހު ސިންގަޕޫރަށް ފުރާވަޑައިގެންނެވި، ކުރީގެ ނައިބް ރައީސް އަޙްމަދު އަދީބަށް ދީފައިވާ މުއްދަތު އިތުރު ކުރުމަށް ހުށަހަޅައިފިއެވެ.

Ads by Hajj Corporation

މި މަހުގެ ހަތްވަނަ ދުވަހު، އަދީބުއަށް އެމެޖެންސީގައި ފަރުވާދީފައިވާއިރު، ރާއްޖެ އިން ބޭރަށް ވަޑައިގަތުމަށް ކަރެކްޝަންސް އިން ހުއްދަ ދިނީ ރާއްޖޭގައި ފަރުވާ ދެވެން ނެތް ބަޔަކަށް ފަރުވާ ހޯދުމަށެވެ.

އަދި އަދީބު ފުރާވަޑައިގަތީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ފުލުހުންގެ ސެކިއުރިޓީންގެ ބެލުމުގެ ދަށުންނެވެ.

އަދީބު ސިންގަޕޫރަށް ވަޑައިގަތުމަށް ހުއްދަދެވުނީ 10 ދުވަހަށް ކަމަށްވާއިރު އެ މުއްދަތު ވަނީ އިއްޔެއަށް ހަމަވެފައެވެ.

ނަމަވެސް، އަދީބަށް ދިން މުއްދަތު އިތުރުކުރުމަށް ކަމާ ގުޅޭ ލިޔުންތަކާ އެކު ހުށަހަޅުއްވާފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އޮންލައިން ނޫހަކަށް މައުލޫމާތު ދީފައިވެއެވެ. އެގޮތުން، އެހެން ގައިދީންނެކޭ އެއްގޮތަށް ބޭސްފަރުވާ ކުރުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި ބޭސްފަރުވާ ފުރިހަމަ ކުރެވޭގޮތް ނުވެއްޖެނަމަ އަމަލުކުރަންޖެހޭ ގޮތުގެ މަތިން އަދީބް އަމަލުކުރައްވާފައިވާ ކަމަށާއި އަދީބު ހުށަހެޅުއްވި ލިޔުންތައް މިހާރު ކަރެކްޝަންގެ މެޑިކަލް ބޯޑަށް ހުށަހެޅިފައިވާކަމަށާއި، އެ ބޯޑުން ލިޔުންތައް ދިރާސާކުރުމުން އެކަމުގައި ވަކި ގޮތެއް ނިންމާނެކަމަށް ކަރެކްޝަންސް އިން ވިދާޅުވެއެވެ.

އެމްޓީޑީން ބުނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 2015 އިން 2018 އަށް އަދީބަށް ނުހައްގުން އަނިޔާދީ، ބޭސްފަރުވާ އަށް ހުރަސް އަޅާފައިވާ ކަމަށެވެ.

އެހެންނަމަވެސް ރައީސް ސޯލިހުގެ ވެރިކަމުގައި އަދީބަށް އެކަށީގެންވާ ބޭސްފަރުވާ ލިބުމަށް އިންސާފުވެރި މަގެއް ފަހިކޮށްދީފައިވާ ކަމަށެވެ.

އަދީބަށް މީގެ ކުރިންވެސް ވަނީ ލޮލުގެ އެކި މައްސަލަތަކާއި ސިއްޙީ އެކި އެކި މައްސަލަތަކާއި ގުޅިގެން ކުއްލި ފަރުވާ ދީފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!