ޚަބަރު ސިޔާސީ

ރައީސް ޞާލިޙަށް ރައީސް ޔާމީނަކީ ޗެލެންޖެއް، އެމަނިކުފާނު މިނިވަންކޮށް ހުންނެވިނަމަ އަދި ކިހާވަރެއްވާނެ: ޝިޔާމް

އާއިޝަތު ޝައުނާ ، ދެން އޮންލައިން

އިދިކޮޅު ލީޑަރު، އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީން އަބްދުލްޤައްޔޫމް ޖަލުގައި ހުންނަވާއިރުވެސް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވަނީ ޗެލެންޖަކީ ރައީސް ޔާމީން ކަމަށާއި،  އެމަނިކުފާނު މިނިވަންކޮށް ހުންނެވިނަމަ އަދި އެމްޑީޕީއަށް ކިހާވަރެއްވާނެތޯ ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ސުވާލު ކުރައްވައިފިއެވެ.

Ads by Hajj Corporation

ޝިޔާމް މިއަދު ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވެފައިވަނީ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި  ޗެލެންކަޖަށްވާނީ ޕީޕީއެމް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޞާލިހު ވިދާޅުވެފައި އޮއްވައި، ރައީސް ޔާމީންގެ ޤާނޫނީ ވަކީލުން އެމަނިކުފާނާއި ބައްދަލުކުރެއްވުމަށް މިއަދު މާފުށި ޖަލަށް ވަޑައިގަތުމުން، ކަރެކްޝަނަލް ސާވިސްއިން އެ ފުރުސަތު ނުދީ އަނބުރާ ފޮނުވާލާފައިވާތީއެވެ.

ރައީސް ޔާމީނުގެ ވަކީލުން އަނބުރާ ފޮނުވާލާފައިވަނީ، އެބޭފުޅުން ގެންދެވި ފައިލްތައް ކަރެކްޝަނަލް ސާވިސްއަށް ނުދެއްކުމުންކަމަށް މައުލޫމާތު ލިބިފައިވާއިރު، ޕީޕީއެމުން ތުހުމަތު ކުރި ގޮތުގައި މިކަން މިހެން ހިނގާފައިވަނީ ހޯމް މިނިސްޓަރު އިމްރާންގެ އެންގެވުމަށެވެ.

ޝިޔާމް ވިދާޅުވީ، ރައީސް ޞާލިޙަށް ރައީސް ޔާމީނަކީ ޗެލެންޖެއް ގޮތުގައި ފެނިވަޑައިގަންނަވާތީ އެކަމާ ހައިރާނެއް ނުވާކަމަށާއި ވަކީލުންނާއި ބައްދަލުކުރުމަކީ، ޤާނޫނު އަސާސީން ރައީސް ޔާމީނަށް ކަށަވަރުކޮށްދޭ ޙައްޤެއް ކަމަށެވެ.

Ads by Allied Insurance
  1. އިބްރާހީމް މުހަންމަދު ސޯލިޙް

    ވެރިކަމުގެ އާރާއިބާރުގަ ނެގިވޯޓުން ބޮޑުތަނުން ބަލިފުޅުވީމީހަކު ގައިދީއެއްގެ ގޮތުގައި ހުރެކުރިމަތިލައިގެން ލަދެއްގަބެދުންނޫން ކަމެެއްނުވާނެކަން ޔާމިނާ އޭނަގެ އައުވާނުންނައް ރަނގަޅައް އިނގޭނެ.. އަމިއްލަޕާޓީގަނޑައް 30000 މެންބަރުން ހަމަނުވާ ޕާޓީ އަކުން ކިހިނެއްތޯ 50000 ވޯޓުވެސް ހޯދާނީ.. 2018 ގަ އެއޮތީ ރައްޔިތުން ޔާމިނު ބޭނުންނޫންކަމައް ނިންމާފަ. ލަދެއްހަޔާތެއް ހުރީއްޔާ ވެރިކަމުގަހުރެ ނުހޮވުނީމަ ކުރިމައްޗެއް ނުލާނެ..

  2. ފިޔާކޭ

    ބަލަ ވަގެއް ނޫނޭ ޗެލެންޖަކަށްވީ! ޕީޕީ އަންހެން ދުޅައިގެ ފިޔާތޮށި ޕާޓީއޭ ޗެލެންޖަކަށްވީ! ރަނަގަޅަށް އަޑުއަހާބަލަ ބުރާންތި ތަކާ!