ރައީީސް ޞާލިޙަށް ކާމިޔާބު ލިބޭތޯ ދުޢާ ކުރަން އިޔާޒު އެދިވަޑައިގެންފި

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ފުރިހަމަ ކާމިޔާބީއެއް މިންވަރުކުރެއްވުމަށް އެދި ދުޢާ ކުރަންޖެހޭ ކަމަށް، އެމަނިކުފާނަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ޢަދާލަތު ޕާޓީގެ ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
އޭނާ މިފަދައިން ވިދާޅުވެފައި ވަނީ ކުރެއްވި ޓުވީޓެއްގައެވެ.
އޭނާ ފާޑު ވިދާޅުވީ، ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމަށެވެ. އެގޮތުން އިޔާޒު ވިދާޅުވީ ރައީސް ޔާމީންގެ ދައުރުގައި ސިޔާސީ ހުރިހައި ލީޑަރުން ތިއްބެވީ ޖަލުގައި ކަމަށެވެ. އޭރު ސިޔާސީ ލީޑަރުން އުޅުއްވީ ރާއްޖެއިިން ބޭރަށް އަރުވާ ލެވިގެންކަމީ އިންކާރު ކުރެވެން ނެތް ތެދު ހަޤީޤަތް ނަމަވެސް ގިނަ މީހުންނަކީ ބިރުވެރިކަން ފިލައިދިޔުމުން ކަންކަން ހަނދާންނެތޭ ބަޔެއް ކަމަށް އިޔާޒު ވިދާޅުވިއެވެ.
”ޖަޒުބާތަށްވުރެ ބުއްދި އިސްކޮށް ހަޤީޤަތް ގަބޫލުކޮށް 9 ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ފުރިހަމަ ކާމިޔާބީއެއް މިންވަރުކުރައްވައި، ޤައުމުގައި ރަގަޅުކުރަންހުރި ކަންކަން ރަނގަޅު ކުރުމުގެ ތައުފީގުދެއްވައި އުފާވެރި އަމާން ރާއްޖެއަކަށް ހެއްދެވުމަށް ކުރައްވާ މަސައްކަތުގައި ކާމިޔާބު ދެއްވުން އެދި ދުޢާ ކުރަންޖެހޭ.“
އިޔާޒު މީގެ ކުރިން ވިދާޅުވެފައި ވަނީ، ރައީީސް ޞާލިޙުގެ ވެރިކަމުގެ ދެވަނަ ދައުރެއްގައި، ރާއްޖެއަށް އުފާވެރި ކަމާއި، އަމާާންކަން ލިބޭނެ ކަމަށާއި، އެމަނިކުފާނު "އެއްބުރުން" ދެވަނަ ދައުރަކަށް ހޮވިވަޑައިގަންނަވާނެ ކަމަށެވެ.
އަދި އުރެދުންތަކުގެ ސަބަބުން އަނިޔާވެރި ނުބައި ނުލަފާ ވެރިން ފާނުކުރެއްވުން އެދި ދުއާކުރަންޖެހޭ ކަމަށް ވެސް އިޔާޟް ވިދާޅުވިއެވެ







ކޮމެންޓް