ޚަބަރު ސިޔާސީ

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދުގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެ ކޮމިޝަނަށް ވައްދައި، އެކަން ފާސްކޮށްފިއެވެ.

Ads by Sosun Fihaara

އިލެކްޝަންސް ކޮމިޝަނުން ފުއާދުގެ އިތުބާރު ނެތްކަމަށް ފާކުރީ ކޮމިޝަންގެ ތިއްބަވާ 5 މެމްބަރުންގެ ތެރެއިން 3 މެމެމްބަރުންގެ ތާއީދާއިއެކުގައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ގާނޫނު އޮންނަ ގޮތުން އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިގެން މެމްބަރަކު ނުވަތަ ރައީސް އަދި ނައިބު ރައީސް ވަކި ކުރެވޭނެ އުސޫލެއް ބުނެފައެއް ނޯވެއެވެ. ޤާނޫނު އޮތް ގޮތުން ފުއާދު އިސްތިއުފާ ނުދެއްވާކަމުގައި ވާނަމަ ކޮމިޝަނުން މިހެން ނަގާވޯޓަކުން އޭނާގެ މަޤާމު ނުގެއްލޭނެއެވެ.

އެ ކޮމިޝަނުގެ ބައެއް މެމްބަރުން ތުހުމަތު ކުރައްވާ ގޮތިގައި ޑމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނުމަށް މަސައްކަތް ކުރައްވާތީ އެކަން ކުރައްވަނީ ނުފޫޒެއްގެ ދަށުގައި ފުއާދު ހުންނަވައި ކަމަށެވެ.

ކޮމިޝަނުގެ ރައީސް ފުއާދުގެ އިތުރުން އިލެކްޝަންސް ކޮމިޝަނުގައި ތިއްބަވަނީ ނައިބު ރައީސް އިސްމާއިލް ހަބީބާއި އަލީ ނަޝާތާއި ޑރ. މުހައްމަދު ޒާހިރާއި މުހައްމަދު އާސިފެވެ.

Ads by Ooredoo
  1. އައިމިނަ

    ތިޔައީ އަންނިއަށް ވިކިފައިހުރި ފުއާދެކެވެ. ތީނަ ހުރެގެން މިފަހަރު އިންތިޚާބު އަގަޑު ބަގަޑު ކޮއްލާނެއެވެ.

  2. އަބްދޫ

    ބޭކާރު ފާސް ކުރުމެއް މިހާރު ރައީސާއި ނާއިބްރައީސް ފާސްކުރަނީ މަޖިލީހުން ވަކިކުރަނީވެސް މަޖިލީހުން.