Friday, 30 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

ރައީީސް ޔާމީންގެ އިންތިޚަާބީ އެޖެންޓަކަށް ތޮލާލް

ރައީީސް ޔާމީންގެ އިންތިޚަާބީ އެޖެންޓަކަށް ތޮލާލް

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީންގެ އިންތިޚާބީ އެޖެންޓަކަށް ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުޙައްމަދު ތޮލާލް ހަމަޖައްސައިފިއެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުޑަތަން ވަމުން އަންނައިރު، އިދިކޮޅުން ގެންދަނީ ރައީސް ޔާމީންގެ ކެންޑިޑޭސީ ފޯމު ލުމަށް ކުރަންޖެހޭ ޤާނޫނީ މަސައްކަތް ކުރަމުންނެވެ. އަދި އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިން ވެސް ވަނީ ފަށައިފައެވެ.

ޕްރޮގްރެސިވް ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީންގެ އިންތިޚާބީ އެޖެންޓަކަށް ޕީ.ޕީ.އެމްގެ ސެކްރެޓަރީ ޖެނެރަލް ތޮލާލު ހަމަޖައްސަވާފައި ވާކަމަށެވެ.

Advertisement
Allied — Dhen Online (box)

ތޮލާލް އަކީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމާއި، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައިވާ ހިންގުމުގެ ދާއިރާގެ ތަޖުރިބާ ހުރި ބޭފުޅެކެވެ.

ރައީސް ޔާމީނަށް އިއްވައިފައިވާ 11 އަހަރުގެ ޖަލު ޙުކުމްގެ އިސްތިއުނާފު މައްސަލަ ހައި ކޯޓުގައި މަޑު ޖެހިފައިވާއިރު، މިކަމާ ގުޅިގެން އެމަނިކުފާނުގެ އިންތިޚާބީ ޙައްޤު ގެއްލޭތީ،  އިދިކޮޅުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ، އެ ކޯޓުގެ ރަޖިސްޓްރަރ ބަލައިގެންފައެއް ނުވެއެވެ. ނަމަވެސް މި ނިންމުން އިސްތިއުނާފު ކުރެވޭނެއެވެ.

 

 

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް