ޚަބަރު ސިޔާސީ

ޑިމޮކްރެޓްސްގެ ޓިކެޓު އިލްޔާސަށް ދިނީ ރައީސް ނަޝީދު ބޭނުންވީމައި ލިބޭގޮތަށް: ނިހާދު

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ޑިމޮކްރެޓްސްގެ ޓިކެޓު އިލްޔާސަށް ދިނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ބޭނުންފުޅުވީމައި ލިބިވަޑައިގަންނަވާގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ނިހާދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓްސް ޕާޓީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓެއް ހޮވުމަށް އެ ޕާޓީން ބާއްވާ ޕްރައިމަރީ އިންތިޚާބަށް ނެރުނު ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަކީ އެތައް ގުޅަ ބޭހެއް ކާންޖެހޭ އެތައް ސާޖަރީއެއް ހައްދަވާފައިވާ ބޭފުޅެއްކަމަށެވެ.

ނިހާދު މިހެން ވިދާޅުވެފައިމިވަނީ، ޑިމޮކްރެޓްސް އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙަކީ ކޮންމެ ދުވަހަކު ހެނދުނު "މުށެއް ފުރާ ބޭސް" ފަރިއްކުޅުއްވަން ޖެހިވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި، ރައީސް ޞާލިހަކީ ހިތުގެ އާލާސްކަންފުޅާ އުޅުއްވާ ބޭފުޅެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާތީ އެކަމާ ގުޅުވައިގެންނެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ރާއްޖެއަށް ތައާރަފް ކުރެއްވި ބައެއް ކަންތައްތައް ލިސްޓް ކުރައްވައި  ވެރިކަމަކީ ޒުވާން އިރު ކުރެވޭނެ ކަމެއްކަމަށާއި، އެއީ އުމުރުން 50 އަހަރުން މައްޗަށް ދިޔަައިމާ "ގެނެވޭނެ ވިސްނުންތަކެއް ނޫން" ކަމަށް ވިދާޅުވެ ރައީސް ނަޝީދުވަނީ ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވުމާ ގުޅިގެން ރައީސް ޞާލިޙަށް ތާއީދުކުރާ މެމްބަރުން އެކަމުގެ ހިތްހަމަނުޖެހުން ފާޅުކުރަމުންދާއިރު، ނިހާދު ވިދާޅުވީ އިލްޔާސް ޕްރޮމޯޓު ކުރުމަށް އެހެން މީހުންނަށް ފުރައްސާރަކޮށް އޮޅުވާލުމަށް މަސައްކަތްކުރުމުން މީހާގެ އަސްލު ސިފަ ފެންނަކަމަށެވެ.

އަދި ވެރިކަން ނުލިބިގެން ޒާތީ ވިޔަސް އެއީ ބޮޑުވަރުކަމަށާއި އިލްޔާސަށް ޓިކެޓު ދިނީ ބޭނުންވީމަ ލިބޭގޮތަށް ކަމަށެވެ.

Ads by Ooredoo
  1. މަތިވަރު

    ނިހާދުމެންގެެ ދަހިވެތިކަމާއިި ނުބައިނިޔަތްް ދާއިރާއައްް އެގޭެ އެކަންފެންނާނެެ ދެންއެދާއިރާއައްް ކުރިމަތިލީމަަ ކެތްކޮއްލާާ ވަގުތުު ކުޑަތަންވަނީީ ނަތީޖާދައްކާނީވޯޓުންް

  2. އަބްދޫ

    މަޖިލިސްގެ ރައީސްކަމަށް ވެރިވާން ކުޅުނުފަދަ ޑްރާމާއެއްތަ؟

  3. ފޭހުނު

    ބަލިވާނެކަން ގެރެންޓީވާތީ ނުކުންނަން ނުކެރި އެހެންމީހެއްގެ ބޮލަށް ކަނޑާލީ. ކޮންމެސް ސބަބަކާހުރެވެސް ވެރިކަން މީދާ ޓީމަށް ލިބޭދުވަހަކުން އަންނިއަށް ލިބޭގޮތަށް ހިޔަޅު މަކަރުވެރިކަމުގަ މީ ދެން ބޮޑުވަރު.