Sunday, 1 November 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

ފުއާދުގެ އިތުބާރުނެތްކަމަށް ފާސްކުރީ އިންތިޚާބަށް ނުފޫޒު ފޯރުވަން: އާދަމް ޝަރީފް

ފުއާދުގެ އިތުބާރުނެތްކަމަށް ފާސްކުރީ އިންތިޚާބަށް ނުފޫޒު ފޯރުވަން: އާދަމް ޝަރީފް

އިންތިޚާބު ބޯމަތިވެފައި އޮއްވައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތަޢުފީޤުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި އެކަން ފާސްކުރި ކުރުމުން ހާމަވެ އެނގިގެންދިޔައީ އީސީއަށް ސަރުކާރުގެ ނުފޫޒު އޮތް މިންވަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފު ވިދާޅުވީ ފުއާދުގެ އިތުބާރުނެތްކަމަށް ފާސްކުރި ކުރުމަކީ ވަރަށް ޒިންމާދުކަން ކުޑަ އަމަލެއްކަމަށާއި އެކަން އެގޮތަށް ކުރީ ހަމަޖެހިފައިވާ އުޞޫލުތަކުގެ ތެރެއިން ނުފޫޒުން އެއްކިބާވެ ތިބެގެން އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދާނެކަމަށް ބެލެވޭތީކަމަށެވެ.

https://twitter.com/adamshareefz/status/1683408454915076097?s=46&t=Iu0t5xjWXh3WWQ7bGWwOZQ

Advertisement
Ooredoo — Square (box)

މީގެ އިތުރުން އާދަމް ޝަރީފު ވިދާޅުވީ ރައީސް ޔާމީނުގެ ކެންޑިޑޭސީއާމެދު ދެފަހަރު ދެގޮތަކަށް ފުއާދުއަށް ވާހަކަދައްކަވަން މަޖުބޫރުވެވަޑައިގަތީ އެހެންވެ ކަމަށް ބެލެވޭކަމަށެވެ.

ފުއާދުގެ އިތުބާރު ނެތްކަމަށް އީސީން ފާސްކޮށްފައިވާއިރު، ރިޔާސީ އިންތިހާބުގައި ޕީޕީއެމުން ބައިވެރިނުވާނަމަ އެ އިންތިހާބަކީ އިންސާފުވެރި ރިޔާސީ އިންތިހާބަކަށް ނުވާނެކަމަށް ފުއާދު ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް